ފޮޓޯ/ މަޖިލިސް
ހަބަރު
12 Jun 2023 | 09:22
އަބްދުالله ޖަމީލުގެ ހަނދާނުގައި މަޖިލީހުގައި ހަމަހިމޭން ކަމުގެ ސުކޫތެއް

ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކޮޅުމަޑުލު މެންބަރު ކަން ދިގު މުއްދަތަކަށް ކުރެއްވި، އަދި ދައުލަތުގެ އެކި ވުޒާރާ ތަކުގައިވެސް މަސައްކަތް ކުރެއްވި، އަލް މަރްޙޫމް ޢަބްދުالله ޖަމީލްގެ ހަނދާނުގައި މަޖިލީހުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފިއެވެ.

ޢަބްދުالله ޖަމީލް އަވަހާރަވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެބޭފުޅާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، އިއްޔެ ޢަޞްރު ނަމާދަށް ފަހުގައި، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައެވެ. އަދި ރަސްމީ ޢިއްޒަތުގައި ފަސްދާނުލެވުނީ، ގަލޮޅު ސަހަރާގައެވެ.

އަލްމަރްޙޫމް ޢަބްދުالله ޖަމީލުގެ ކަށުނަމާދުގަޔާއި ޖަނާޒާގައި އާއިލާގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލްގެ އިިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.  

ޢަބްދުالله ޖަމީލް އަކީ 54 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އެކި މަގާމުތަކުގައި ހުންނަވާ ދައުލަތަށް ގިނަގުނަ ޚިދްމަތްތަކެެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

"ނިޝާން އިއްޒުއްދީންގެ އިއްޒަތް" ގެ ލަޤަަބުވެސް ޢަބްދުالله ޖަމީލަށް އެރުވިފައިވެއެވެ. އެބޭފުޅާއަކީ ދައުލަތުގެ އެކި ވުޒާރާތަކުގައި ވަޒީރުކަން ކުރައްވައި އަދި ރައްޔިތުަންގެ މަޖިލީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދްމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

ޢަބްދުالله ޖަމީލަކީ ރާއްޖޭގެ މަޝްހޫރު ޝާއިރު އަދި ދީނީ ޢިލްމުވެރިޔާ އަލްއުސްތާޒް މުޙައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަލުންނެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު ފަތުޙުالله ޖަމީލާއި ކުރީގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލުގެ ބޭބޭފުޅެވެ.

ޢަބްދުالله ޖަމީލް ނިޔާވިއިރު އިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. ޢަބްދުالله ޖަމީލް ނިޔާވީ މިއަދު ހެނދުނު މާލޭގައެވެ.

ޢަބްދުالله ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

އެގޮތުން ޖޫން 12 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 އިން ފެށިގެން ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، 1:00 އާއި ހަމައަށް ގައުމީ ދިދަ ބައިދަނޑިއަށް ނެގުުމަށްވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ