އިސިކޮޅު ކޯލިޝަންގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
14 Jun 2023 | 09:55
މުޅި ނިޒާމު ބޭނުންކޮށްގެން ރައީސް ޔާމިނަށް ދަނީ އަނިޔާ ކުރަމުން: އިދިކޮޅު

މުޅި ނިޒާމު ބޭނުންކޮށްގެން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް އަނިޔާކުރަމުން ދާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

ޝިޔާމު ވިދާޅުވީ ދަށުކޯޓުގައި އޮތް ރައީސް ޔާމިނުގެ ފުއްގިރި މައްސަަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދިއުމަށް ރައީސް ޔާމިނަށް ޝަރީއަތުގައި 13 ގަޑިއިރު ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.

ދަށު ކޯޓުގައި އެ އޮތް މައްސަލައަކީ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައަކަށް ނުވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ރައީސް ޔާމިނަށް ބޮޑު ތަކުލީފަކަށް ވާގޮތަށް ކުރިއަށް ގެންދިއުމަކީ އެމަނިކުފާނަށް ދިން އަނިޔާއެއްކަމަށް ޝިޔާމު ސިފަކުރެއްވި އެވެ. 

"13 ގަޑިއިރު އެމަނިކުފާނަށް ޝަރީއަތުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި. އަނެއްކާ އެފަހުން މިއަދު (އަންގާރަ ދުވަހު) ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކުރި. މީ އަނިޔާ! މިޔަށް ކިޔަނީ އަނިޔާ! ނިޒާމުން ކުރާ އަނިޔާ!"

ޕީޕިއެމްގެ ނައިބު ރައީސް ޝިޔާމު 

ޝިޔާމު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރައީސް ޔާމިނަށް ނިޒާމުގެ ތެރެއިން ދެމުންދާ ހުރިހާ އަނިޔާތަކަށް ފުރިހަމައަށް ޒިންމާވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. 

ޝިޔާމު އިތުރަށް ވިދާޅުވީ ފުއްގިރި މައްސަލަ ހަވާ ފަޓާސް ބަރިއެއްހެން ކުރިއަށް ގެންދަނީ ހައިކޯޓުގައި އިސްތިއުނާފު އަޑުއެހުންތަކެއް ފަށާފައިވަނިކޮށެވެ. އަދި އެ މައްސަލައަކީ ކޮންމެހެން ވެސް އަވަށް ކުރަން ބޭނުންވާ މައްސަލައެއްކަމަށް ރައީސް ޔާމިނުގެ ޤާނޫނީ ވަކީލުންނާއި ޚުދު އެމަނިކުފާނު ވެސް ގެންދަވަނީ ފާހަގަކުރައްވަމުން ނެވެ. 

އޭގެ އިތުރުން އާރަށުގެ އިސްތިއުނާފު މައްސަލައަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށް ކްރިމިނަލް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށް ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.