ޖޭއެސްސީގެ މެންބަރު ކަމަށް ހިސާން އައްޔަނު ކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
14 Jun 2023 | 14:44
"ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދަނީ ފަނޑިޔާރުން ކުޑަކަކޫ ޖައްސަވާފައި؛ އެކަން ކުރައްވަނީ ހިސާން"

ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މިހާރު ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ހިނގަމުންދާ މައްސަލަތައް ކުރިއަށް ގެންދަނީ ފަނޑިޔާރުން ކުޑަކަކޫ ޖައްސަވައި، ބިރު ދައްކަވައިގެން ކަމަށާ, އެކަން އެގޮތަށް ކުރައްވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ކަމަށް އިދިކޮޅުން ތުހުމަތު ކުރައްވައިފިއެވެ. 

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީޢަތްތައް "ފަރާސް ބަރިއެއްހެން" ފުލުފުލުން އެތައް ގަޑިއިރެއް ވަންދެން ކުރިއަށް ގެންދާތީ، އެކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއިއެކު އިދިކޮޅުން އިއްޔެ އާއި މިއަދުވެސް ވަނީ ޖޭއެސްސީއާއި ރައީސް އޮފީހަށް ވަޑައިގެންފައެވެ. 

އެގޮތުން ރައީސް އޮފީހަށް ވަޑައިގެންނެވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އިއްޔެވެސް 3 ޖަހަންދެން ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންގޮސްފައިވާއިރު، މިއަދުވެސް، ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފް މައްސަލަ ލަސް ކުރުމަށްފަހު ކްރިމިނަލް ކޯޓުގެ މައްސަލަ ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އެއީ އެއްވެސް ގައުމެއްގައި ކަން ހިނގާ ގޮތް ނޫން ކަަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ އެންމެ އަޑުއެހުމެއް އަދި ކުރިއަށް ދިޔައީ. އެހެން ނަމަވެސް، ދަށު ކޯޓުގައި މައްސަލަ ފަޓާސް ބަރިއެއްހެން އެދަނީ. އަނެއްކާ ދަށު ކޯޓުގެ މައްސަލަ ކުރިއަށް ދާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކެންސަލް އެބަވޭ. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަން ހިނގާ ގޮތެއް ނޫން. 

އަހުމަދު ޝިޔާމް

ކަން މިހެން ހުރި ނަމަވެސް، ރައީސް ޔާމީންގެ ހައްގު ތަކަށް ބެއްލެވުމެއް ނެތި މުޅި ދައުލަތުން، ޚާއްސަކޮށް އަދުލުގެ ނިޒާމުން އެމަނިކުފާނަށް އަނިޔާވެރި ވަމުންދާތަން ފެންނަކަމަށް ޝިޔާމް ވިދާޅުވި އެވެ. 

އެހެންކަމުން، އިއްޔެވެސް ޖޭއެސްސީއަށް ވަޑައިގެންނެވި ކަމަށާ، ނަމަވެސް އިދިކޮޅު ފަރާތްތަކާއި ޖޭއެސްސީގެ އެއްވެސް އިސް މެންބަރެއް ބައްދަލު ނުކުރައްވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި އިދާރީ ގޮތުން އިސް ފަރާތަކާއި ބައްދަލުވެ ކަންބޮޑުވުން ހިއްސާކުރެވުނު ނަމަވެސް އެކަން އާޚިރުގައި ދާނީ ޖޭއެސްސީގެ ރައީސާ ހިސާންގެ އަރިހަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

އަޅުގަނޑުމެންނަށް އެބަ އިނގޭ ޖޭއެސްސީގެ ރައީސާ އިސްވެ ހުރެ، ވަކިން ހާއްސަކޮށް ޖޭ އެސްސީގެ ރައީސާ އިސްވެ ހުރެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ބޭނުންފުޅުވާ ގޮތަކަށް ދިވެހިރާއްޖޭގެ ފަނޑިޔާރުން ކުޑަކަކޫ ޖައްސަވާފައި ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދަވާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެން ނޫން ނަމަ، ދަށު ކޯޓުގެ މައްސަލަ ބާރަށް ކުރިއަށްދާ ގޮތަށް ހައިކޯޓުގެ މައްސަލަ ވެސް ކުރިއަށް ގެންދަވަންވީ ނޫންތޯ؟ ތިން އަޑުއެހުމުން މި ކަންތައް ނިމޭނެ. 

އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ، ހައިކޯޓުގެ މައްސަލަ އަވަސް ކޮށްދެއްވުމަށް އެދި އެވާހަކަ ދެއްކެވުމުން، ރައީސް ޔާމިންގެ މައްސަލަތައް އަވަހަށް ކުރިއަށްދާ ކަމަށް ހިސާން ވިދާޅުވާ ކަމަށެވެ. ނަމަވެސް، އަވަހަށް ކުރިއަށް ދަނީ ކްރިމިނަލް ކޯޓުގެ މައްސަލަ ކަމަށާ، ހަގީގަތުގައި އަވަހަށް ކުރިއަށް ދާން ޖެހޭނީ ދަށުކޯޓަށްވުރެ މަތީ ކޯޓުގެ މައްސަލަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.