ކުރީގެ ޑެޕިއުޓީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ގުބާދު-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
16 Jun 2023 | 14:54
ދަށްފެންވަރުގެ ސީޔާސީ ބަޔާންދޭ ނަމަ، ހުންނަންވާނީ އެ ފެންވަރުގެ ޖަވާބަށް ތައްޔާރުވެ: ޤުބާދު

ދަށްފެންވަރުގެ ސިޔާސީ ބަޔާންތައް ދޭ ކަމަށް ވާ ނަމަ، ހަމަ އެފެންވަރުގެ ޖަވާބަށް ހުރަހެޅެން ތައްޔާރަށް ހުރުމަށް ކުރީގެ ޑެޕިއުޓީ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު ޑރ. މުހައްމަދު ޤުބާދު ވިދާޅުވެއްޖެއެވެ. 

ގުބާދު މިފަދައިން ވިދާޅުވެފައި މިވަނީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަގުމަތީގައި އިހްތިޖާޖެއް ކުރަމުންދިޔަ ވަގުތުގައި، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެކްޓިވިސްޓް، ޑރ އިޔާޒް އަބްދުލް ލަތީފް އެ މަގުން، ސައިކަލުގައި ވަނިކޮށް، އިހްތިޖާޖުގެ ބައެއް ބައިވެރިން އޭނާއާ ދިމާކުރުމާއި ގުޅިގެން އެއީ ޢިލްމުވެރިންނަށް ފުރައްސާރަ ކުރުން ކަމަށް އެ ޕާޓީން ސިފަ ކުރުމާއި ގުޅިގެން، ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައެވެ. 

އެގޮތުން ގުބާދުގެ ޕޯސްޓުގައި އެނާ ވަނީ، ދަށްފެންވަރުގެ ސިޔާސީ ބަޔާންތައް ދޭ ކަމަށް ވާ ނަމަ، ހަމަ އެފެންވަރުގެ ޖަވާބަށް ހުރަހެޅެން ތައްޔާރަށް ހުރުމަށް އެދިލައްވާފައެވެ. 

"މި ކަމުގައި ޢިލްމުވެރިންނަށް ވެސް އިސްތިނާއެއް ނުލިބޭނެއެވެ." ގުބާދު ވިދާޅުވި އެވެ. 

އިޔާޒުގެ ފަހަތުން އިދިކޮޅު އިހްތިޖާޖުގެ ބައިވެރިން ގޮސް ފުރައްސާރަ ކުރި ކުރުމަކީ، ދީނީ އިލްމުވެރިޔަކަށް ކުރި ފުރައްސާރަ ކަމަށް ސަރުކާރާއި ސަރުކާރު ކޯލިޝަން ބައިވެރިން ތެރޭ ހިމެނޭ ވަރަށް ގިނަބަޔަކު އަންނަނީ ސިފަކުރަމުންނެވެ. 

އެހެންނަމަވެސް، ސަރުކާރާއި ދެކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އިޔާޒަށް ކުރި ފުރައްސާރަ އަކީ، އޭނާއަކީ ޢިލްވެރިއެއް ކަމަށް ވުމުން ކުރި ފުރައްސާރައެއް ނޫން ކަމަށެވެ. އަދި، އޭނާ އަކީ ދީނީ ޢިލްމު ކިޔަވައިގެން ހުންނެވި ބޭފުޅެއް ނަމަވެސް، ރާއްޖޭގެ ސިޔާސީ މައިދާނުގައި، އޭނާ އަކީ ސިޔާސީ އެކްޓިވިސްޓެއް ކަމަށާ، މީސްމީޑިއާގައި، ސިޔާސީ މީހުންނަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާ، ތާއީދު ކުރައްވާ ލީޑަރަށް ސަނާ ކިޔުމުގައި އިޒާޔަޒަކީ އަރާހުންނެވި އެކްޓިވިސްޓެއް ކަމަށް އެފަރާތްތަކުން ބުނެއެވެ. 

އަދި މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން، ސިޔާސީ ފަރާތްތަކަށް ފުރައްސާރަ ކުރުން ފަދަ ދަށު ދަރަޖައިގެ ކަންކަން ކުރުމަކީ އާއްމު ކަމަކަށްވެފައިވާއިރު، ސިޔާސީ އެކްޓިވިސްޓެއް ނަމަ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކަށް ހުށަހެޅޭނެ ކަމަށް ގަބޫލު ކުރަންޖެހޭނެ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެއީ އިލްމުވެރިއަކަށް ކުރި ފުރައްސާރަ އެއް ނޫން ކަންވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.