ތާރިގު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
16 Jun 2023 | 17:55
ބޮން ގޮއްވުމަކީ ޖޯކެއް ނޫން ކަން އެމްޑީޕިއަށް ވިސްނުނީ ރައީސް ނަޝީދަށް ހަމަލާދިނުމުން: ތާރިގު

ވެރިންނަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާތައް ދިނުމަކީ ޖޯކު ޖަހާވަރަށް ވުރެ ބޮޑެތި މައްސަލަތަކެއްކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވިސްނުނީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް އެފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގަ އެވެ. 

ތާރިގު ވިދާޅުވީ 2015 ވަނަ އަހަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު އެމަނިކުފާނުގެ އާއިލާއާ އެއްކޮށް ދަތުރުކުރައްވަމުން ދިޔަ ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމަށް ބޮމެއް ގޮއްވާލި ހާދިސާއަށް އޭރު އިދިކޮޅުގައި އޮވެގެން އެމްޑީޕީން ޖޯކު ޖަހާފައިވާ ކަމަށެވެ. 

އެ ހާދިސާގެ މުހިންމުކަން ނުވަތަ ހައްސާސްކަން ކުޑަކުރުމަށް އެކި ޝައްކުތައް އުފައްދާ ސުވާލުތައް ކުރަމުން ގެންދިޔަ ކަމަށެވެ. 

އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި، އެ ޕާޓީގެ ލީޑަރު މުޙައްމަދު ނަޝީދަށް އެފަދަ ހަމަލާއެއް އަމާޒުވުމުން، ބޮން ގޮއްވާލައިގެން މީހެއްގެ ފުރާނަ ދުއްވާލުމަށް ދޭ ހަމަލާތަކަކީ ޖޯކު ޖަހަން ހެޔޮވާވާރުގެ ހަމަލާތަކެއް ނޫންކަން އެމީހުންނަށް ވެސް ވިސްނުނުކަމަށް ތާރިގު ވިދާޅުވި އެވެ. 

"2015 ވަނަ އަހަރުގައި ހިނގި ރިޔާސީ ލޯންޗްގެ ހާދިސާ އެމްޑީޕީ މީހުންނަށް މުހިއްމުކަމަކަށް ނުވިއެވެ. ޖެހީޖޯކެވެ. އުފެއްދީ ޝަައްކެވެ. 2021 ގެ 6 މޭގައި ބޮމެއް ގޮއްވާލީމަ އެނގުނީ އެއީ ޖޯކުޖަހާވަރަށްވުރެ ސީރިއަސްކަމެއްކަމެވެ"

މަހިބަދޫ މެމްބަރު ތާރިގު 

ބޮން ގޮއްވާލި ހާދިސާއިން ތާރިގު މިސާލު ނެންގެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފު އަލީ ޒާހިރަށް ކުރެވޭ ތުހުމަތުތައް ޖުމްހޫރީ ޕާޓީން މީގެ ކުރިން ދިފާއު ކުރަމުން ދިޔަ ނަމަވެސް ޕާޓީގެ ރައީސް ޤާސިމް އިބްރާހިމްގެ ފަޅެއް ވިއްކާލުމަށް އަލީ ޒާހިރު ހުރަސްއެޅުމާއި ގުޅިގެން އޭނާއަށް ޖޭޕީން ފާޑުކިޔަން ފެށުމާއި ގުޅިގެން ނެވެ. 

ތާރިގު މިފަދައިން ވިދާޅުވީ އަލީ ޒާހިރާއި ގުޅޭގޮތުން މީގެކުރިން އިދިކޮޅުން ކުރަމުން ދިޔަ ތުހުމަތުތައް އޭރު ޖޭޕީން ގަބޫލު ނުކުރި ނަމަވެސް މިހާރު އަމިއްލައަށް އެކަން ތަޖުރިބާ ކުރަން ޖެހުމުން ޤަބޫލުކޮށް، އަލީ ޒާހިރަށް ފާޑުކިޔުން ވެސް އަމާޒުކުރަމުންދާކަން ހާމަކުރުމުގެ ގޮތުންނެވެ. 

"އަލީ ޒާހިރު ކިޔާމީހަކު ފަނޑިޔާރުންނަށް ގުޅާ، ނިޒާމު ގަޑުބަޑު ކުރާވާހަކަ، އަދި ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް 2020 ވަނަ އަހަރުން ފެށިގެން ޕީޕީއެމުން ދައްކަމުން އާދެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ފަޅެއް ވިއްކުން އަލީޒާހިރު ހުއްޓުވީމާ، ޖުމްހޫރީންނަށް އަލީ ޒާހިރުގެ ފޮޓޯ ފެނިއްޖެ"

މަހިބަދޫ މެމްބަރު ތާރިގު 

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަޤާމުގައި ހުންނަވާ އަލީ ޒާހިރު ރައީސް ޔާމީންގެ މައްސަލަތަކަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ވަކިން ޚާއްސަކޮށް އޭނާ މެދުވެރިވެގެން ރައީސް ޔާމިނުގެ މައްސަލަތައް ބައްލަވާ ފަރާތްތަކަށް ރިޝްވަތު ހުށައަޅާ ކަމަށާއި، ގާޒީން ނިންމަވާ ނިންމުންތައް ބަދަލުކުރުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތުތައް ވެސް އިދިކޮޅުން ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.