ޕީޕީއެމްގެ ޖަގަހަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް
ހަބަރު
18 Jun 2023 | 06:02
ރައީސް ޔާމީނުގެ ޒައާމަތަކަށް ރައްޔިތުން ފެންބޮވައިގެންފަ އޮތްވަރު މިއަދު ފެނިގެން ގޮސްފި: އަދުރޭ

އިއްޔެ ކުރިއަށް ދިޔަ ޑަބްލިޔުޑީސީގެ ބައި އިލެކްޝަންއިން ފެނިގެން ދިޔައީ ރައީސް އަބްދުالله ޔާމީނުގެ ޒައާމަތަކަށް ރައްޔިތުން ފެންބޮވައިގެންފައި އޮތްވަރު ކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންގައި 8 ރަށުގެ ތެރެއިން 5 ރަށުގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރުމާ ގުޅިގެންނެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ހާއްސަ ޖަގަހަ ޖަލްސާގައި، ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ފަރާތްތަކަށް ތަހުނިޔާ ކިޔަމުން އަދުރޭ ވިދާޅުވީ މިއަދަކީ އުންމީދީ ދުވަހެއް ކަމަށެވެ.

ދިރުމެއް ތަނެއްގައި އުންމީދު އޮންނާނެކަން ފަހުގެ ތާރީހުގައި ސާބިތު ކޮށްދެއްވި ބޭފުލަކީ ރައީސް ޔާމީނު ކަމަށާއި އެ ދިރުން ވާކަން މިއަދު ހާމަވެއްޖެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މިއަދަކީ މި ސަރުކާރަށް ރަނގަޅު ފިލާވަޅެއް ލިބިގެން ދިޔަ ދުވަހެއް. ސަރުކާރުގެ އާރާބާރާ ނުފޫޒާ މި ހުރިހާ އެއްޗަކާ ދެކޮޅަށް ދިވެހި ރައްޔިތުން ބުނީ، ތިމަންނަމެން ބޭނުންވަނީ ރައީސް ޔާމީން ވެރިކަމަށް ގެންނާށޭ. އެއީ މިއަދުގެ ނަތީޖާއަކީ" ބައި އިލެކްޝަންގެ ނަތީޖާއަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.

އެ ނަތީޖާއިންވެސް އެނގިގެން ދަނީ ރައްޔިތުން ރައީސް ޔާމީނުގެ ޒައާމަތަކަށް ފެންބޮވައިގެންފަ އޮތް މިންވަރު ކަމަށާއި ދިވެހި ގައުމަށް ސަރުކާރުން ދެމުންދާ އަނިޔާއަށް ދިވެހި ރައްޔިތުން ފާޅުގައި ނޫނެކޭ ބުނި އަޑު އިވިގެން ދިޔަ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، ބައި އިލެކްޝަންގެ ނަތީޖާ އަކީ ރައީސް ޔާމީނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

އިއްޔެ ބައި އިލެކްޝަންގެ ވޯޓު ލާފައި ވަނީ ލ. މާމެންދޫ، އއ. ފެރިދޫ، ހދ. ފިނޭ، މ. ވޭވަށް، ރ. އަނގޮޅިތީމު، ކ. ދިއްފުށި، ތ. ގާދިއްފުށި، ގދ. ހޯޑެއްދޫ އަންހެނުންގެ ތަރައްގީއަސް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ހޮވުމަށެވެ.

އޭގެ ތެރެއިން މާމެންދޫ، ފިނޭ، ވޭވަށް، ދިއްފުށި އަދި ހޯޑެއްދޫގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ކެނޑިޑޭޓުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.