ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް -- ފޮޓޯ/ ޕީޕީއެމް
ހަބަރު
18 Jun 2023 | 06:07
އިންތިހާބުގައި ރައީސް ޔާމީނު ނުހޮވައިފިނަމަ އަނދިރިއަނދިރިންގެ ދުވަސްވަރަށްވުރެ ގޯސްވާނެ: މުހައްމަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ނުހޮވިއްޖެނަމަ އަނދިރިއަނދިރިންގެ ދުވަސްވަރަށްވުރެ ހަޑިކޮށް ރައްޔިތުންނާމެދު އަމަލު ކުރާނެ ކަމަށް ކުރީގެ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރޭ ޕްރެގޮސްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ ހާއްސަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނު ހޮވުމަށް 'ހެސް ކިޔާފައި' މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ ތާރީހުގައި އަނދިރި އަނދިރިންގެ ދުވަސްވަރު ލިޔެފައި އޮތް ގޮތަށްވުރެ ހަޑިކޮށް ރައްޔިތުންނާމެދު ސަރުކާރުން އަމަލު ކުރާނެ ކަމަށެވެ.

"މިހާރު ގަދަކަމުން ރައްޔިތުމީހާ ހިފަހައްޓާފަ ކަރަށް ރާ ނާޅާކަން. ގަދަކަމުން އަންހެން ކަނބަލުން ހިފާ ހައްޔަރުކޮށް ރޭޕްކުރާ ވާހަކައެއް އަޅުގަނޑުމެންނަށް އެބަ ދެކެވޭ. އެ ޒަމާނުގަ ކަންހިނގާ ދިޔަ ގޮތުގެ ވާހަކަ އަޅުގަނޑުމެންނަށް ތާރީހުން ފެންނަން ހުރި ވާހަކަތައް މި ދައްކަނީ" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހިސާބަށް މިގައުމު ދިއުމުން، އޭރު ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތް މިހާރު ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޖަލުވައިވާ "ބޮޑުތަކުރުފާނު" މިނިވަން ކުރަން ޖެހޭ ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އެހެންނޫން ނަމަ މި ގައުމު ރަނގަޅަށް ބިނާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ

ކޮމެންޓް
ރަސް
ފައިސާގޯނި އުފުލާކަށްވެސް އޭރަކުން ނުލިބޭނެ ދޯ؟
18 Jun 2023
ރަންނަ
ތިއުޅެނީ ބަސްތާތަކުގަ ބަހާނެ ލާރި ނުލިބިގެން. ގައިދީންގެ އެކިއެކި ކޮމެޓީ ތަކަށްވެސް ދެން ޔާމީނެއް ނުހޮވޭނެ
18 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.