އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
18 Jun 2023 | 13:17
މިއަދުވެސް ރައީސް ޞާލިހު އިދިކޮޅާއި ބައްދަލު ނުކުރެއްވި؛ އިދިކޮޅުން ބުނީ ހިތްވަރު ނެތިއްޔާ އިސްތިއުފާދެއްވަން

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލައިގެން އަނިޔާ ކުރައްވަމުންދާ ކަމަށް ބުނެ، އެކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ބައްދަލު ކުރަން އިދިކޮޅު ލީޑަރޝިޕް ދިޔަ ހަތަރު ވަނަ ދުވަހުވެސް އެ ބޭފުޅުންނާއި ރައީސް ޞާލިހް ބައްދަލު ނުކުރައްވާ ކަމަށް ބުނެފިއެވެ. 

ރައީސް ޞާލިހާއި ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވުމަށްފަހު، ނޫސްވެރިނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން, އިދިކޮޅު ހިންގެވުމާއި މިވަގުތު ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރާއްޖޭގެ އިދިކޮޅުގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރަން ވަޑައިގެންނެވުމުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ބަހަނާއެއް ދެއްކެވުމަށް ފަހު ފިއްލަވާ ކަމަށެވެ. 

އަދުރޭ ވިދާޅުވީ، މި ވެރިކަން ނިމެން ދެން އޮތީ އެންމެ 80 ވަރަކަށް ދުވަސް ކަމަށާ އެއަށްފަހު ދެން ރައީސް އޮފީހުގައި އިންނަވާނީ ރައީސް ޔާމީން ކަމަށެވެ. އަދި އެކަން, އިއްޔެ ބޭއްވުނު ބައި އިލެކްޝަންސްގެ ނަތީޖާއިންވެސް އެނގިގެން ގޮސްފައިވާ ކަމަށާ، ރައްޔިތުން މިހާރު ވަނީ މިސަރުކާރަށް ނޫނެކޭ ބުނެފައި ކަމަށްވެސް އަދުރޭ ވިދާޅުވިއެެވެ. 

އަދުރޭ ވިދާޅުވީ، އިދިކޮޅުން ރައީސް ޞާލިހާއި ބައްދަލު ކުރައްވަން ވަޑައިގަންނަވަނީ ސަރުކާރާއިމެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރެގެން ކަމަށެވެ. އަދި އިދިކޮޅު ޕާޓީން އެ ކަންބޮޑުވުންތަކާއި އެކު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަޑައިގެންނެވުމުން ބައްދަލުކުރައްވަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެން އައީމާ، ޖަވާބުދާރީވާ ސަރުކާރެއް ކަމަށްވަންޏާ، ޒިންމާ ނެންގެވޭ ރައީސުލްޖުމްހޫރިއްޔާ އެއް ކަމަށް ވަންޏާ ޖެހޭނެ އަޅުގަނޑުމެންނާ ބައްދަލު ކުރަން. އެ ހިތްވަރު ހުންނަން ވާނެ. އަޅުގަނޑުމެންގެ ސުވާލުތަކަށް ޖަވާބުދެވެން ވާނެ. ކެރުން ތެރިކަން ހުންނަންވާނެ. އެކަންކަން ނެތީވިއްޔާ، އިސްތިއުފާ ދެއްވާފައި ވަޑައިގަތުމަށްވުރެ ރަނގަޅީ ކޮން ގޮތެއްތޯ މިއަދު އަޅުގަނޑުމެންނަށް؟. ރައްޔިތުން އެންމެ ބޭނުންވާ ގޮތް އެއީ. ރައްޔިތުން ބޭނުމެއް ނޫން މިކަހަލަ ސްލޯ ސަރުކާރެއް އޮންނާކަށް. 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އަދުރޭ ވިދާޅުވީ، ސަރުކާރެއް ހިންގަޗާނެ ބާރުމިނާއި، "ސްޕީޑް" ރައީސް ޔާމީން ވަނީ ރައްޔިތުންނަށް ދައްކަވާފައި ކަމަށެވެ. އެ ތަސައްވުރު އެމަނިކުފާނު ކުރަހައިދެއްވާފައިވާއިރު, ރައީސް ޞާލިހުގެ މި ސަރުކާރުން ކަންކުރައްވަމުން އަންނަނީ އޭގެ އިދިކޮޅަށް ވަރަށް "ސްލޯކޮަށް" ކަމަށެވެ. 

އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް ޞާލިހާއި ހިއްސާ ކުރެވެންދެން ރައީސް އޮފީހަށް ދާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.