އަދުރޭ ރައީސް ސޯލިހާއި ސަލާމް ކުރައްވަނީ --- ފޮޓޯ / ވަން އޮންލައިން
ހަބަރު
18 Jun 2023 | 14:09
ހަތަރު ދުވަހު އައިސްވެސް ބައްދަލު ނުވުމުން، އިދިކޮޅުގެ ސިޓީއެއް ރައީސް ޞާލިހަށް

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާއި، އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި މެދު ސަރުކާރުން ކަން ކުރަމުން އަންނަ ގޮތާއިމެދު، އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ހިއްސާ ކުރެއްވުމަށް ވަޑައިގަންނަވާތާ 4 ދުވަސް ވީއިރުވެސް ބައްދަލުވާގޮތް ނުވުމުން، އިދިކޮޅުން އެމަނިކުފާނަށް ސިޓީއެއް ފޮނުއްވައިފި އެވެ. 

އިދިކޮޅުން މިއަދުވެސް ރައީސް ޞާލިހާއި ބައްދަލުކުރައްވަން ވަޑައިގެންނެވުމުން، ރައީސް އޮފީހުން އެންގެވީ ރަސްމީ ޕްރޮޓޮކޯލްއިން ރައީސް ސޯލިހަށް ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ކަމަށް އިދިކޮޅުުން ވަނީ ބުނެފައެވެ. އެެެެހެންކަމުން މިއަދު ރައީސް އޮފީހުގައި ތިއްބަވައިގެން، އިދިކޮޅުންް ވަނީ ރައީސް ޞާލިހުއަށް އެޑްރެސް ކުރައްވައި ސިޓީއެއް ލިޔުއްވާފައެވެ.

އިދިކޮޅު ކޯލިޝަނާއި މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ގެ ނަމުގައި ލިޔުއްވާފައިވާ އެ ސިޓީގައި ބުނީ، އިދިކޮޅުން ރައީސް ޞާލިހާއި ބައްދަލުކުރެއްވުމަށް އަންނަނީ ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި އެކުގައި ކަމަށެވެ. 

"އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުންގެ ތާއީދު ލިބިވަޑައިގެން ހުންނެވި އިދިކޮޅު ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް މަނިކުފާނު (ރައީސް ޞާލިހު) އިސްވެހުރެ އަނިޔާ ކުރަމުންދާތީ އާއި، އެމަނިކުފާނު (ރައީސް ޔާމީން) ޖަލުގައި ބާއްވައިގެން، ދިވެހި މަސްކަނޑުތަކާއި، ދިވެހިރާއްޖޭގެ ބިން ބިމާއި، މިނިވަންކަން ވިއްކާލައި، ރައްޔިތުން އަޅުވެތިކުރަމުންދާތީ އާއި، ދައުލަތުގެ ތިން ބާރުން އެއް ބާރު ކަމުގައިވާ، ގާނޫނު ހެދުމުގެ ބާރު (ރައްޔިތުންގެ މަޖިލީސް) ހުއްޓުމަކަށް މަނިކުފާނު ގެނެސްފައިވުމާއި، އަދި ރައްޔިތުންނަށް ޖަވާބުދާރީ ނުވެ، ރައްޔިތުންނަށް ފިއްލަވައިގެން އުޅުއްވާތީއާއި މިފަދަ އެތައް ކަމެއް ހުރުމުންނެވެ." 

އަދުރޭގެ އެ ސިޓީގައި ވަނީ މީގެ ކުރިންވެސް ރައީސް ޞާލިހާއި ބައްދަލުކުރެއްވުމަށް އެދި އެތައް ސިޓީއެއް މީގެ ކުރިންވެސް ފޮނުއްްވާފައިވާ ކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ވޭހާވެސް އަވަހަށް ރައީސް ޞާލިހާއި ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ވަނީ އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.