މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
19 Jun 2023 | 10:22
ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ މައްސަލަ މަޖިލީހަށް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން އިންތިޔާޒާބެހޭ މައްސަލަ އެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ވަމޯޓާ) އެވެ. 

ޝަރީފް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވުމަށްފަހު އެންމެ އަވަހަށް ބާއްވާ ޖަލްސާއަށް އެކަން އެޖެންޑާކުރަންޖެހޭ ކަމަށާއި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށް ގަވައިދުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތާއި ނަޝީދު ހަވާލުނުވެ، އެދުވަހުވެސް އިންނެވީ މަޖިލީހުގެ ބޭރުގައި ކުޑަ ދަށުގައި ކަމަށާ، ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް އުޒުރުވެރިވި ނަމަވެސް ރައީސްގެ ހައިސިއްޔަތުން އެހެން ކަންކަމުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

އެފަދައިން ކަންކުރައްވައި މަޖިލީހުގެ ޖަލްސާތަކަށް އެމަނިކުފާނު ހުރަސް އަޅުއްވާފައިވާ ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، މަޖިލީހުގެ ޖަލްސާ ތަކަށް ހުރަސް އެޅުމަކީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށެވެ. 

"މިއަދާ ހަމައަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އިންކާރު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ވަނީ އަރާވަޑައިގެން މަޖިލިސް ގަވާއިދާ ގާނޫނުއަސާސީއާ ހިލާފަށް އަމަލު ކުރައްވާފަ،" އޭނާ ވިދާޅުވި އެވެ.

ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނާ މައްސަލައިގެ ބަހުސް ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓްގައި އެމައްސަލައަށް ބަހުސް ކުރަން ފެންނަކަމަށް 37 މެންބަރުން ވޯޓް ދެއްވިއެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 13 މެންބަރުންނެވެ.

އެއާއެކު މައްސަލައިގެ ބަހުސް ވަނީ މަޖިލީހުގައި ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.