ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް)-- ފޮޓޯ/ މަޖިލިސް
ހަބަރު
19 Jun 2023 | 11:36
އީވާ އާއި ރައީސް ނަޝީދުގެ މައްސަލަ ނިމެންދެން މަޖިލީހުގެ ދައުރު ދަންމާލަން އެދިއްޖެ!

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިމެންދެން މަޖިލީހުގެ މި ދައުރު ދަންމާލުމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އެދިލައްވައިފި އެވެ. 

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާއަށް ޝަރީފް ވަނީ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބައްލަވަން ރައީސް ނަޝީދު ރިޔާސަތަށް ވަޑައިނުގަންނަވާތީ، އެމަނިކުފާނު މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ އިންތިޔާޒާ ބެހޭ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. 

އެ މައްސަލައިގެ ބަހުސް ފައްޓަވަމުން މަވޯޓާ ވަނީ، މަޖިލީހުގެ މިދައުރަށް ހުށަހެޅިފައިފާ މުހިންމު ގާނޫނު ތަކާއި، ނަޝީދާއި، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިމެންދެން ދައުރު ދަންމާލައްވަން އެދިލައްވާފައެވެ.  

"މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، ނާއިބު ރައީސްގެ މައްސަލަ އާއި، މަޖިލިސް ގަވާއިދަށް އިސްލާހް ގެނެސް، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތަކަށް ހުށަހެޅި އިސްލާހުތަކާ، އަދި މުހިންމު ގާނޫނުތައް މަޖިލީހުގެ ނިމެންދެން، މި މަޖިލިސްގެ މި ދައުރު ނުނިންމާ ދަންމާލަން އަޅުގަނޑު އެދެން."

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ)

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއެކުއެވެ. އަދި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށައަޅައިފައިވަނީ 50 މެމްބަރުންގެ ސޮޔާއި އެކުއެވެ.

އެއާއެކު އެ ދެ ބޭފުޅުންވެސް ވަނީ އެ މައްސަލައިގައި ގޮތެއް ނިމެންްދެން މަޖިލީހުގެ ރިޔާސަތު ބެއްލެވުމަށް އުޒުރުވެރިވެލައްވާކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފައެވެ.

އެހެންކަމުން މަޖިލީހުގެ މި ދައުރު މިހަފްތާގައި ނިމޭއިރުވެސް އެ ދެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.