އިދިކޮޅަށް ރައީސް އޮފީހުން ލިޔުއްވާފައިވާ ސިޓީއާއިއެކު
ހަބަރު
19 Jun 2023 | 13:16
އިދިކޮޅުން ފޮނުވި ސިޓީ؛ ރައީސްގެ ފަރާތްޕުޅުން ޔާމީނަށް އަނިޔާ ލިބޭނަމަ މައްސަލަ ކަމާބެހޭ ފަރާތަށް ހުށަހަޅުއްވާ: ރައީސް އޮފީސް

އިދިކޮޅުން އިއްޔެ ރައީސް ޞާލިހަށް ލިޔުއްވި ސިޓީއަށް ހަވާލާދީ ރައީސް އޮފީހުން ފޮނުއްވާފައިވާ ސިޓީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްއަށް އަނިޔާއެއް ލިބޭކަމަށް ގަބޫލުކުރާނަމަ އެކަން ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅުއްވުމަށް އެ އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން އިއްޔެ ރައީސް ޞާލިހާއި ބައްދަލުކުރައްވަން ވަޑައިގެންނެވުމުން، ރައީސް އޮފީހުން ވަނީ ރަސްމީ ޕްރޮޓޮކޯލްއިން ރައީސް ސޯލިހަށް ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް އަންގަވާފައެވެ. އެހެންކަމުން އެ އޮފީހުގައި ތިއްބަވައިގެން، އިދިކޮޅުންް ވަނީ ރައީސް ޞާލިހުއަށް އެޑްރެސް ކުރައްވައި ސިޓީއެއް ލިޔުއްވާފައެވެ.

އިދިކޮޅު ކޯލިޝަނާއި މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ގެ ނަމުގައި ލިޔުއްވާފައިވާ އެ ސިޓީގައި ބުނެފައިވަނީ، އިދިކޮޅުން ރައީސް ޞާލިހާއި ބައްދަލުކުރެއްވުމަށް އަންނަނީ ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި އެކުގައި ކަމަށެވެ. 

"އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުންގެ ތާއީދު ލިބިވަޑައިގެން ހުންނެވި އިދިކޮޅު ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް މަނިކުފާނު (ރައީސް ޞާލިހު) އިސްވެހުރެ އަނިޔާ ކުރަމުންދާތީ އާއި، އެމަނިކުފާނު (ރައީސް ޔާމީން) ޖަލުގައި ބާއްވައިގެން، ދިވެހި މަސްކަނޑުތަކާއި، ދިވެހިރާއްޖޭގެ ބިން ބިމާއި، މިނިވަންކަން ވިއްކާލައި، ރައްޔިތުން އަޅުވެތިކުރަމުންދާތީ އާއި، ދައުލަތުގެ ތިން ބާރުން އެއް ބާރު ކަމުގައިވާ، ގާނޫނު ހެދުމުގެ ބާރު (ރައްޔިތުންގެ މަޖިލީސް) ހުއްޓުމަކަށް މަނިކުފާނު ގެނެސްފައިވުމާއި، އަދި ރައްޔިތުންނަށް ޖަވާބުދާރީ ނުވެ، ރައްޔިތުންނަށް ފިއްލަވައިގެން އުޅުއްވާތީއާއި މިފަދަ އެތައް ކަމެއް ހުރުމުންނެވެ." 

އަދުރޭގެ އެ ސިޓީގައި ވަނީ ރައީސް ޞާލިހާއި ބައްދަލުކުރެއްވުމަށް އެދި އެތައް ސިޓީއެއް މީގެ ކުރިންވެސް ފޮނުއްްވާފައިވާ ކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ވީހާވެސް އަވަހަށް ރައީސް ޞާލިހާއި ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ވަނީ އެދިލައްވާފައެވެ.

މިސިޓީއަށް ހަވާލާދީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ނަމުގައި ލިޔުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އިދިކޮޅުގެ ސިޓީގައި ބަޔާންކުރައްވާފައިވާ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއްގެ މައްޗަށް ލިޔުއްވާފައިވާ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މިއާއިއެކު ރައީސް ޔާމީން މިހާރު ތަންފީޒުކުރައްވަމުން ގެންދަވަނީ ޝަރުއީ ކޯޓަކުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޙުކުމެއް ކަމަށާއި މި ޙުކުމާއި ރައީސް ޞާލިހާއި އެއްވެސް ގުޅުމެއް ނެތުމުގެ އިތުރުން އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ ރައީސް އިސްވެ ހުންނަވައިގެން ކުރައްވާނެ ކަމެއް ނޫން ކަމަށް ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ޝަރުއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އަދި ޙުކުމެއްގެ އިސްތިއުނާފުގެ މަރުހަލާ މިހާރު ހިނގަމުންދާއިރު އެފަދަ ކަމެއްގެ ތެރެއަށް ރައީސް ޞާލިހު ވަދެވަޑައިގެން އެކަމާއި ގުޅޭގޮތުން އެއްވެސް ބަޔަކާއި ބައްދަލުކުރެއްވުމަކީ ހަމަ ޖެހޭގޮތެއް ނޫންކަން އަބްދުއްރަހީމްވެސް ގަބޫލްކުރައްވާނެ ކަމަށް ރައީސް ޔަގީންކުރައްވާ ކަމަށް ސިޓީގައިވެއެވެ.

"ރައީސުލްޖުމްހޫރިއްޔާ ގެ ފަރާތްޕުޅުން އެއްވެސް މީހަކަށް އަނިޔާއެއް ލިބޭކަމަށް ގަބޫލުކުރައްވާނަމަ އެ މައްސަލައެއް ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅުއްވައިގެން ޝަރުއީ މަރުހަލާގެ ތެރެއިން ކުރިއަށް ވަޑައިގަތުމަށްް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." 

ސިޓީ ނިންމާލަމުން ރައީސް އޮފީހުން ވިދާޅުވިއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލައިގެން އަނިޔާ ކުރައްވަމުންދާ ކަމަށް ބުނެ، އެކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ބައްދަލު ކުރަން އިދިކޮޅު ލީޑަރޝިޕުން މިއަދާއި ލައިގެން ޖެހިޖެހިގެން ފަސް ދުވަހު ވަނީ ރައީސް އޮފީހަށް ވަޑައިގަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.