ޤާލިބު އެމްޑީޕީއާއި ގުޅުނު ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ހަބަރު
19 Jun 2023 | 23:13
ޕީޕީއެމްގެ މެމްބަރުންތަކެއް ގޮވައިގެން ޤާލިބު އެމްޑީޕީއަށް!

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންނެވި އެ ޕާޓީގެ ސެނެޓަރު އަޙުމަދު ޤާލިބު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ. 

ޤާލިބު އެމްޑީޕީއާއި ގުޅިވަޑައިގެންފައިވާކަން އެ ޕާޓީން ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. 

ޤާލިބު އެމްޑީޕީއާއި ގުޅިވަޑައިގަތީ ޕީޕީއެމްގެ މެމްބަރުންތަކަކާއި އެކުގައިކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފަ އެވެ.

ޤާލިބު އެމްޑީޕީއަށް ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން 

އެމްޑީޕީން ބުނީ ޕީޕީއެމްގެ ކުރީގެ ސެނެޓަރު ޤާލިބު އެ ޕާޓީއާއި ގުޅިވަޑައިގަތީ ޕީޕީއެމްގެ ގިނަ މެމްބަރުންތަކަކާއި ވެސް އެކުގައި ކަމަށެވެ.

ޤާލިބު އެމްޑީޕީއާއި ގުޅިވަޑައިގަތް އޭނާގެ ފޯމު އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އަތްޕުޅަށް އަރުވާފައިވަނީ އިތުރު މެމްބަރުންގެ ފޯމުތަކާއި ވެސް އެކުގަ އެވެ. 

ޤާލިބު ގެ ފޯމު ރައީސް އަތްޕުޅަށް އެރުވުން 

އެމްޑީޕީން ވަނީ ޤާލިބަށް ހޫނު މަރުޙަބާއެއް ކިޔާފަ އެވެ. 

ޤާލިބު ޕީޕީއެމުން ވަކިވީ އެ ޕާޓީގައި އެކަށީގެންވާ ފުރުސަތުތައް ލިބިވަޑައިނުގަންނަވާކަމަށް ވިދާޅުވަމުން ނެވެ.

ޤާލިބު އެމްޑީޕީއަށް ސޮއިކުރަނީ 

އެހެން ނަމަވެސް ޕީޕީއެމުން އެކަން ދޮގުކުރެއެވެ.

އަދި އެ ޕާޓީން ބުނަމުން އައިސްފައިވަނީ، ސިޔާސީ ޕާޓީތަކުން ނުލިބޭ ފުރުސަތުތައް އެ ޕާޓީގެ މެމްބަރުންނަށް ހުޅުވާލާފައިވާނެ ކަމަށެވެ. އަދި ޕާޓީ ހިންގަމުން ދަނީ އަބަދުވެސް މެމްބަރުންގެ ބައިވެރިވުމާއި، ޚިޔާލާއި މަޝްވަރާގެ ތެރެއިން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.