ޕީއެންސީގެ ނައިބު ރައީސް ސައީދު/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Jun 2023 | 10:50
ހޯމް މިނިސްޓަރު އިމްރާނަކީ ބޮޑު ފިނޑިއެއް: ސައީދު

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުالله އަކީ ބޮޑު ފިނޑިއެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް-13 ގެ ނިއުސްޓޯކް ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. 

ވާދަވެރި ސިޔާސީ ލީޑަރު ޖަލުގައިގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ދާއިރު، ހޯމް މިނިސްޓަރު އިމްރާނު އަބްދުالله އިސްވެ ހުންނަވާ އެމަނިކުފާނަށް އެކިވަރުގެ އުނދަގޫތައް ކުރައްވަމުން ގެންދަވާކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރައްވަމުން ނެވެ. 

އެގޮތުން މާފުށީ ޖަލުގައި އެމަނިކުފާނު ބަހައްޓަވާފައި ހުންނަ ގޮޅީގައި ކެމެރާ ހަރުކޮށްގެން ބެލުންފަދަ ކަންކަން އިމްރާނު ކުރައްވާކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އޭގެ އިތުރުން އަދާލަތު ޕާޓީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމުގައި ހުންނެވި އަލީ ޒާހިރު މެދުވެރިކޮށް ރައީސް ޔާމިނުގެ މައްސަލަތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރައްވަމުން ނެވެ. 

އެހެންކަމުން އިދިކޮޅުން އެކަންކަން ފާހަގަކުރައްވާއިރު، ހޯމް މިނިސްޓަރު އިމްރާނު ހުންނަވަނިކޮށް ރައީސް ޔާމީން މިނިވަން ކުރެވިދާނެކަމަށް ޤަބޫލުކުރަންތޯ ނިއުސްޓޯކް ޕްރޮގްރާމުގައި ވަނީ ސުވާލުކޮށްފަ އެވެ. 

ސައީދު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާނަކީ ސާބިތު ނުހިފޭ ވާހަކަ ދެއްކުން ފިޔަވައި އިތުރުކަމެއް ކުރެއްވޭނެ ބޭފުޅެއް ނޫން ކަމަށެވެ. 

ރައީސް ޔާމިނުގެ ޒައާމަތުގައި 2015 ވަނަ އަހަރު މޭޑޭގައި ބޮޑު އެއްވުމެއް ބާއްވާ ކަރުދާސްތަކެއް ދައްކާ ޝަހީދު ޑރ އަފްރާޝީމާއި ގެއްލުވާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލައިގެ ޑޮކިއުމަންޓުތައް ކަމަށް ބުނެ ކަރުދާސްތަކެއް އިމްރާނު ނުދައްކާތޯ ސައީދު ސުވާލު ކުރެއްވި އެވެ. އަދި އެ ފަރާތްތަކުގެ މަރާއި ރައީސް ޔާމިނާއި ގުޅުވާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމުތައް ނާޅުވާތޯ އެއްސެވިއެވެ. 

މިއަދު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާއިރު، އެ ޑޮކިއުމަންޓުތައް ކޮބައިތޯއާއި، އެ މަރުތަކަށް އޭނާ އަށް އެއްވެސް އިންސާފެއް ހޯދިއްޖެތޯ ސައީދު ވަނީ ސުވާލުކުރައްވާފަ އެވެ. 

އެކަންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ގަދަ ބަސް ވިދާޅުވި ނަމަވެސް އިމްރާނަކީ ބޮޑު ފިނޑިއެއް ކަމަށެވެ. 

"އިމްރާނަކީ ފިނޑިއެއް. ހޯމް މިނިސްޓަރު އިމްރާނަށް ވުރެ ބޮޑު ފިނޑިއެއް މި ރާއްޖޭގައި ނުހުންނާނެ"

ޕީއެންސީގެ ނައިބު ރައީސް ސައީދު 

ސައީދު ވިދާޅުވީ ރައީސް ޔާމިނުގެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކިތަންމެހާ ވެސް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. 

އަދި ސަރުކާރުން އެހާ ބޮޑަށް އެ މައްސަލަތަކަށް ނުފޫޒު ފޯރުވަނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަ ނުކުރެވޭނެ ގޮތް ހެދުމުގެ ބޭނުމުގައި ކަމަށެވެ. 

އެހެން ނަމަވެސް އެމަނިކުފާނަކީ މައުސޫމު ބޭފުޅެއް ކަމަށާއި، އަދި އެކަން ޝަރުއީ ކޯޓުތަކުން ވަރަށް އަވަހަށް ސާބިތުވެގެންދާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ސައީދު ވިދާޅުވި އެވެ. 

އެއާއެކު ސައީދު ވިދާޅުވީ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، މި ސަރުކާރު ބަލި ކުރައްވާނެ ކަމަށެވެ. އަދި ދެން މި ރާއްޖޭގައި އުފެދިގެންދާނީ އެމަނިކުފާނުގެ ޒައާމަތެއް ކަމަށެވެ. އެކަން ހޯމް މިނިސްޓަރު އިމްރާނަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް
ކަދުރޭ
ތިހެން ތިބުނީ ފިނިފެންމާ ސައީދުތަ.👻
20 Jun 2023
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.