ކުރީގެ ނައިބު ރައީސް ޑރ ޖަމީލު/ ފޮޓޯ: ދެން
ހަބަރު
20 Jun 2023 | 13:04
ޖޭއެސްސީ ބިލު އޮތް ގޮތުން ޖުޑިޝަރީ އިސްލާހުކުރުމުގެ ނިޔަތް ނެތްކަން ސާފު: ޑރ ޖަމީލު

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮސިޝަން ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވީ ވައުދުފުޅު ފުއްދުމަށް މަޖިލީހަށް ހުށައެޅި ބިލު ފަރުމާކޮށްފައި އޮތް ގޮތުން ޖުޑިޝަރީ އިސްލާހުކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވާކަމަށް ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ޖޭއެސްސީ އިސްލާހުކުރަން މަޖިލީހަށް ހުށައެޅި ބިލާއެކު ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން ވީ ވައުދު ފުއްދިއްޖެކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރަންކަމަށް ބުނެ ހުށައެޅި ބިލަކީ ބޮޑު އިޅުވާލުމެއް ކަމަށެވެ. އެގޮތުން އެ ކޮމިޝަނުގައި ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ މެމްބަރުން ތިއްބަވައިގެން އެ ކޮމިޝަން މިނިވަންވާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

ޖޭއެސްސީ މިހާރު އެތުރިފައިވާ ގޮތަށް ބަލާއިރު، އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުން ތިއްބަވާތީކަން އެ ބިލާގުޅިގެން އާންމުންގެ ޚިޔާލު ހޯދުމަށް ކުރި މަސައްކަތުން ފާހަގަކުރެވިފައިވާކަމަށް އޭޖީ އޮފީހުން ވެސް ވަނީ ހާމަކޮށްފަ އެވެ. 

އެހެން ނަމަވެސް، ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުކުރުމަށް ފޮނުވި އިސްލާހުގައި ވެސް، ސިޔާސީ މީހުންނަށް ނުތިބޭގޮތަށް އިސްލާހު ގެނެސްފައެއް ނުވެއެވެ. 

އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނީ ބަހުގެ ހަމަލާތަކެއް ވެސް ރައްދުކުރައްވާފަ އެވެ. 

"ތިމާމެންނަށް ހެޔޮވަރަށް ސޫޓް ފަހަން އުޅެނީ އަބަދު މަގާމުގައި ތިބޭނެކަމަށް ދެކިގެންބާ؟ ނަމަކަށް ކަމެއް ކޮއްލީ"

ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު

ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެ ކޮމިޝަންގެ މެންބަރުންގެ ޢަދަދު 7 މެމްބަރުންނަށް މަދުކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައަޅައިފި އެވެ.

މީގެ ކުރިން ޖޭއެސްސީ އިސްލާހުކުރުމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ތިން ފަހަރު މަޖިލީހަށް ހުށައަޅާފައި ވެއެވެ. 

އެހެން ނަމަވެސް ކޮންމެ ފަހަރަކުވެސް އެމްޑީޕީ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެ އިސްލާހުތައް ވަނީ ބޭރުކޮށްލާފަ އެވެ. 

އެއާއެކު ދައުރުގެ ފަހު އަހަރަށް މިހާ މުހިންމު ބިލެއް ފަސްކުރުމާއި ގުޅިގެން ވެސް ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.