އަބްދުއްރަހީމް މީޑިއާއަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Jun 2023 | 16:10
ގަޑި ދީފަ މިއަދުވެސް ރައީސް ޞާލިހު ބައްދަލެއް ނުކުރެއްވި: އިދިކޮޅު

އިދިކޮޅު ކޯލިޝަންގެ ލީޑަރުންނާއި ބައްދަލުކުރައްވަން ގަޑި ދިނުމަށްފަހު، އެބޭފުޅުން ރައީސް އޮފީހަށް ވަޑައިގަތުމުން ބައްދަލުނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އޮފީސް ދޫކުރައްވާ ވަޑައިގެންނެވިކަމަށް އެ ކޯލިޝަނުން ބުނެފި އެވެ. 

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތްތައް ކުރިއަށް ގެންދާ ގޮތާއި، އެމަނިކުފާނުގެ އިންތިޚާބީ ހައްޤުތަކަށް ހުރަސްއެޅޭތީ އިދިކޮޅުގެ އޮތް ކަންބޮޑުވުންތަކާއެކު، އިދިކޮޅު ލީޑަރުން ރައީސް އޮފީހަށް ވަޑައިގަންނަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. 

ކޮންމެ ދުވަހަކުވެސް ހެނދުނު އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެން އެތައް އިރެއް ހޭދަކުރެއްވުމަށްފަހު ބައްދަލުވާގޮތް ނުވެގެން އަނބުރާ ވަޑައިގަންނަވަން ޖެހެއެވެ. 

ރައީސްއާއި ބައްދަލުކުރުމަށް އެދި އެތައް ސިޓީއެއް ފޮނުވާފައި ވީ ނަމަވެސް ޕްރޮޓޮކޯލުގެ ތެރެއިން އެ ސިޓީތައް ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުން ބުނުމާއި ގުޅިގެން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ރައީސް އޮފީހުގައި ހުންނަވާ އަތުން ސިޓީއެއް ލިޔެ ހަވާލުވެސް ކުރައްވާފަ އެވެ. 

އިދިކޮޅުން ބުނީ އިދިކޮޅުގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް އާއި ބައްދަލުކުރެއްވުމަށް އެ ސިޓީއިން އެދުމުގެ އަންގާރަ ދުވަހުގެ 12:30 އަށް ރައީސްގެ އެޕޮއިންޓުމަންޓު ލިބިފައިވާކަމަށް އެ ކޯލިޝަނަށް އަންގާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް މިއަދުވެސް ރައީސް އޮފީހަށް އިދިކޮޅު ލީޑަރުން ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާއި ބައްދަލުކުރައްވާފައެއް ނުވެއެވެ. އަދި ދެއްވި ގަޑިއަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނިކުމެވަޑައިގެން މަންޒަރު ފެނުނުކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މީޑިއާ މައުލޫމާތު ދެއްވަމުން ވިދާޅުވެފަ އެވެ. 

އަބްދުއްރަހީމް މީޑިއާއަށް މައުލޫމާތު ދެއްވަނީ

"އަޅުގަނޑުމެންނަކަށް ނޭނގޭ ކިހެނެއްކަމެއް މި ވީކީ. އިއްޔެ އަޅުގަނޑުމެން ލީ ސިޓީއާއި އެކު މިއަދު ގަޑި ހަމަޖެހިފައިވާކަމަށް ބުނި، އެހެން ނޫނީ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އާންމުކޮށް އަންނަނީ 10:30 އަށް. މިއަދު އެ ގަޑިއަށް ނައިސް މަޑުކޮށްލީ 12:30 އަށް ގަޑި ހަމަޖެހިފައި އޮތްކަމަށް ވިދާޅުވީމަ. އެހެންވީމަ އަޅުގަނޑުމެން އައީ. އައިސް 12:35 - 40 ހާއިރު އަޅުގަނޑުމެންނަށް ފެނުނީ ރައީސް އޮފީހުން ނިކުމެ ވަޑައިގަތްތަން"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވަން ކޮންމެ ދުވަހަކު ރައީސް އޮފީހަށް އަންނަނީ ކޮންމެހެން އެމަނިކުފާނު މޫނުފުޅު ރީތިކަމުން މޫނުފުޅު ބައްލަވާލުމަށްކަމަށް ނޫން ކަމަށެވެ. 

އިދިކޮޅުން ކަންބޮޑުވުވާ ބޮޑެތި މައްސަލަތަކެއް ހުރުމުން އެކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާކުރުމަށް ކަމަށެވެ. 

އެގޮތުން އިދިކޮޅު ލީޑަރަށް ނުހައްގުން ޖަލުގައި އަނިޔާކުރާއިރު، މިއަދު ހުރިހާ މުއައްސަސާއަކާއި، މަޖިލީހުގެ މަސައްކަތް ވެސް އޮތީ ހުއްޓުވާފައިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މުޅި ގައުމު ހުއްޓުމަކަށް ގެނެސްފައިވަނީ ރިޔާސީ އިންތިޚާބެއް ވެސް ބޯމަތީގައި އޮއްވާ ކަމަށް ވުމުން، ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް ވެސް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެހެންކަމުން އެކަންކަމާއި ގުޅިގެން މަޝްވަރާކޮށްލުމަށް، ކުޑަމިނުން ބައްދަލުކޮށްލަން ނުކުރޭނަމަ ރައްޔިތުން ރައީސް އޮފީސް ދޮށަށް އެއްވެސް ޖަވާބެއް ހޯދުމުގެ މަސައްކަތް ފަށަން ވެއްޖެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ސަރުކާރުން އަމަލުކުރަމުންދާ ގޮތާއި ގުޅޭގޮތުން އަބްދުއްރަހީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

ކޮމެންޓް
ރަސް
ނުޖެހޭ ކުރާކަށް.
20 Jun 2023
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.