އިދިކޮޅު ކޯލިޝަންގެ މެމްބަރުން ރައީސް ނަޝީދާއި ބައްދަލުކުރެއްވުން/ ފޮޓޯ: މަޖިލިސް
ހަބަރު
21 Jun 2023 | 19:57
މަރުތަޅު މައްސަލައިގެ ކަންބޮޑުވުންތަކާ އެކު އިދިކޮޅު މެމްބަރުން ނަޝީދު އަރިހަށް!

ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އަޅުވާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި އޮތް މައްސަލައާ އެކު އިދިކޮޅު (ޕީޕީއެމް-ޕީއެންސީ) ކޯލިޝަންގެ މެމްބަރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރައްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއެއް ތާވަލުކޮށްފައި ނެތް ނަމަވެސް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލީހަށް ވަޑައިގެންފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރުންގެ އަޑު ނުއިއްވޭ ކަމަށާއި، ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަށް އަދާ ނުކުރެވޭކަން ފާހަގަކޮށް އެ މެމްބަރުން ވަނީ މެމްބަރުންގެ ގޮނޑިކޮޅު މަޖިލީސް ކުރާ ގެކޮޅުން ނެރެ ގޯތި ތެރޭގައި ބަހައްޓާފަ އެވެ. އަދި އެ ގޮޑިކޮޅުތައް މަޖިލީހުން ނެރެ ރައީސް އޮފީހަށް ގެންދިއުމަށް ވެސް މެމްބަރުން ވަނީ މަސައްކަތް ކޮށްފަ އެވެ. 

ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި މަޖިލީހުން ނެރުމަށް އެ ދާއިރާގެ މެމްބަރު މަސައްކަތް ކުރައްވަނީ 

އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އެގޮތުން އެ މެމްބަރުން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ގޮތް ދޫކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ނޫންގޮތަކަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމު ވަނީ ވިދާޅުވެފަ އެވެ. 

މަޖިލީހުގެ އިދިކޮޅު މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުން 

އިދިކޮޅު މެމްބަރުންގެ ހުރި ކަންބޮޑުވުންތައް މީޑިއާއާއި ހިއްސާކުރުމަށް ފަހު، އެ މެމްބަރުން ވަނީ އިދިކޮޅުގެ ހުރި ކަންބޮޑުވުންތަކާއެކު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރައްވާފަ އެވެ. އަދި އިދިކޮޅުގެ އޮތް ކަންބޮޑުވުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ހިއްސާކުރައްވާފަ އެވެ. 

އިދިކޮޅު މެމްބަރުން ރައީސް ނަޝީދާއި ބައްދަލުކުރެއްވުން 

މަޖިލީސް ހުއްޓިފައި އޮތް އޮތުމުގެ ސަަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީސް މެމްބަރުންނަށް ގާނޫނުން މަތިކޮށްފައި އޮތް ޒިންމާތަކަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާކަން އިދިކޮޅުން ދަނީ ފާހަގަކުރަމުންނެވެ. 

މަޖިލީސް ތަޅުއަޅުވާފައި އޮތް އޮތުން ނިމުމަކަށް ގެނެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް އިދިކޮޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.