ވިޔަފާރި
22 Jun 2023 | 19:46
ޢީދު ބަންދު ތެރޭ އާއިލާއާއި ރައްޓެހިންނާ ގުޅާލުމަށް އުރީދޫ ބޮޑު ޗުއްޓީ ޕެކް: އެންމެ 150ރ އަށް 100 ޖީބީ ޑޭޓާ!

އަޟްހާ ޢީދަކީ އެއްބައިވަންތަކަމާއި އުފާފާޅުކުރުމުގެ ދުވަސްވަރެއް ކަމަށްވުމުން، މުޅި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދީ ޢީދުގެ އުފާ އެންމެ ފުރިހަމައަށް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހާއްސަ އޮފާތަކެއް އުރީދޫ މޯލްޑިވްސް އިން ލޯންޗުކޮށްފިއެވެ.

އަޟްހާ ޢީދާއި ގުޅިގެން އުރީދޫއިން ލޯންޗްކުރި އޮފަރ ތަކަކީ:

ބޮޑު ޗުއްޓީ ޕެކް

150 ރުފިޔާއަށް 100 ޖީބީ ޑޭޓާ، ފަސް ދުވަސް (120 ގަޑިއިރު) އަށް ލިބޭ ބޮޑު ޗުއްޓީ ޕެކަކީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ ޕެކެކެވެ. މި ޕެކާ އެކު ޢީދު ގެ އުފަލުގައި ބއިވެރިވެ ޗުއްޓީތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ވެސް މެދުނުކެނޑި ހައި ސްޕީޑް އިންޓަނެޓް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ބޮޑު ޗުއްޓީ ޕެކް އެސްއެމްއެސް، ޔޫއެސްއެސްޑީ މެނޫ، އުރީދޫ އެޕް އަދި ކުއިކްޕޭ ފަދަ ޗެނަލްތަކުން އެކްޓިވޭޓް ކުރެވޭނެއެވެ.

• އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް http://ore.do/app

• އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް V150”"ޖެއްސެވުމަށްފަހު 5555 އަށް އެސްއެމްއެސް ކުރައްވާ

• ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް، (Link) ޒިޔާރަތް ކުރައްވާ 

• ޔޫއެސްއެސްޑީ މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް *929*1# އަށް ގުޅުއްވާ

ސުޕަރނެޓް، ފަސޭހަ، އަދި 5ޖީ އެއަރފައިބަރ އަލަށް ނަންގަވާ ފަރާތްތަކަށް އަދި އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް އައިފޯން 14 ގެ އިތުރުން ހާއްސަ އިނާމުތައް!

އަޟްހާ އީދު ޗުއްޓީގައި އުރީދޫ ހޯމްބްރޯޑްބޭންޑް ގެ ހިދުމަތްތައް ބޭނުންކުރައްވާ ކަސްޓަމަރުންނާއި އަލަށް ޙިދުމަތްނަންގަވާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އެގޮތުން 31 ޖުލައި 2023 ގެ ކުރިން އާ ސުޕަރނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހާ ޕްލަސް ގެ އިތުރުން 5ޖީ އެއަރފައިބަރ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އެޕަލްގެ އެންމެ ފަހުގެ ފޯނު - އައިފޯން 14 ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާ، މި ތިން ނަސީބުވެރި ފަރާތް ހޯވާނީ އޯގަސްޓް މަހުގެ ތެރޭގައި ކަމަށް އުރީދޫއިން ބުނެއެވެ.

ހަމަ އެޔާ އެކު ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށްވެސް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމް-އާރް177 ފަދަ އަގުހުރި އިނާމުތަކެއް ހިމެނޭކަން އެ ކުންފުނިން ފާހަގަކުރެއެވެ. މި ނަސީބުވެރިފަރާތްތައް ހޮވާނީ ހޮވާނީ ޕްރޯމޯޝަނަށް ފަހު އަންނަ މަހު ކަމަށްވެސް ބުނެފައިވެއެވެ.

"އަޟްހާ އީދު ޗުއްޓީއަކީ އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް އުފަލުން ފުރިގެންވާ ދުވަސްވަރެއް. މި ހާއްސަ މުނާސަބަތުގައި ކަސްޓަމަރުންގެ ތަޖުރިބާ ތައް އިތުރުކުރުމަށް އަޅުގަނޑުމެންގެ މި ހާއްސަ އޮފަރ ކަމުދާނެކަމަށް އުންމީދުކުރަން. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތައް ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދީ މި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދިނުން. އެންމެހައި ބޭފުޅުންނަށްވެސް ބަރަކާތްތެރި އަދި އުފާވެރި ޢީދަކަށް އެދެން. އީދު މުބާރަކް!" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ ހުރިހާ ކަސްޓަމަރުންނަށް މި އުފާވެރި އަދި ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ އަރިސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.