ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Jun 2023 | 23:00
އިންޑިއާ އެހެން މީހަކަށްވެސް ގޯތި ލިބުނުކަން ހާމަވެއްޖެ!

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް މިސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ގޯތި ލިބޭ ލިސްޓުގައި، އިންޑިއާއަށް ނިސްބަތްވާ އެހެން މީހަކުވެސް ހިމެނޭކަން ހާމަވެއްޖެއެވެ. 

އެގޮތުން ގޯތި ލިބޭ ލިސްޓުގައި ހިމެނުނު މީހާއަކީ ދަފްތަރު ނަންބަރު ދރ 3033، މުހައްމަދު ނަޒީރު ކިޔާ މީހެކެވެ. އޭނާ ނަން ވަނީ ގޯތި ލިބޭ މީހުންގެ ލިސްޓުގެ 3300 ވަނާގައެވެ. 

މުހައްމަދު ނަޒީރު އަކީ ގިނަ ވިޔަފާރިތަކެއް ހިންގާ މީހެކެވެ. އެގޮތުން، އޭނާގެ ނަމުގައި ޕެރަމައުންޓް ހޮޓެލް އާއި، އަލީ ނަޒީރު ކޮންސްޓްރަކްޝަން އާއި, ނިޔު ސަމުދުރާ ސްޕާ އާއި، ޕްލާޒާ ރެޑް އެޕަލް ނަމަކަށް ކިޔާ ވިޔަފާރިތަކެއް އަންނަނީ ހިންގަމުންނެވެ. 

މުހައްމަދު ނަޒީރު، ރާއްޖޭގެ ރަށްވެއްސެއްގެ ގޮތުގައި މިހާރު ހުއްޓަސް، އޭނާ އަކީ ދިވެއްސަކާއި އިނދެގެން އުޅޭ އިންޑިއާއަށް ނިސްބަތްވާ މީހެއްކަން "ވޮއިސް" އަށް ވަނީ ކަށަވަރުވެފައެވެ. 

މުހައްމަދު ނަޒީރު 

މުހައްމަދު ނަޒީރުގެ އިތުން އެހެން އިންޑިޔާ މީހަކަށްވެސް ގޯތި ލިބުނުކަން ހާމަވެ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަންނަނީ އަމާޒު ވަމުންނެވެ. އެގޮތުން، ގޯތި ލިބިފައިވަނީ، މއ. މަލިކުވިއު، ހަބީބު ރަހިމާން މުހައްމަދު ހަނީފާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ ޝަރުތުހަމަވާ، އިތުރު މީހަކާ ޖޮއިންވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ ބައިގައި ހިމެނިފައެވެ.

އެހެންނަމަވެސް، ހަބީބުގެ ނަން ލިސްޓުގައި އޮތީ އޮޅުމަކުން ކަމަށާ، ދާއިމީ ލިސްޓު އާންމު ކުރާއިރު އެކަންކަން އިސްލާހު ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގޯތި ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްވި ނަމަވެސް، ލިސްޓަށް ބަލާއިރު އެއީ ވަކި ފަރާތުން އަންގައިގެން ތައްޔާރުކޮށްފައިވާ، ލިސްޓެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުން ނެވެ. 

ކޮމެންޓް
ބެރިން
ނަޒީރު އަކީ އިންޑިޔާ މީހެއް. ކުޅުދުއްފުށީ ދަރިކޮޅު އަންހެނަކާއި ކައިވެނިކޮށްގެން އަންނިގެ ވެރިކަމުގަ ދިވެހިރައްވެހިކަން ހޯދީ. ދަރިއަކުވެސް ނުލިބޭ އޭރު. އެމީހާ ދޫކޮށްލާފަ ކޮންމެވެސް ބޭފުޅުއާއިލާއަކާއި ފަހުންގުޅުނީ.
29 Jun 2023
މުހަންމާފުތާ
އަނެއްފަހަރުވެސް ދިނީ. އަސްލަންޓޭމެން ރައްކާވާން އުޅޭ. ތިބައިގަނޑަށް ވޯޓްދޭނެމީހަކު މިފަހަރު ނުވާނެ.
29 Jun 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.