މާލެ ސިޓިގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު/ ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
06 Jul 2023 | 23:23
ބޭނުންޖެހިފަ ތިބި މީހުންނަށް ހިޔާ ފްލެޓު ނުދިނީ ވެސް މި ސަރުކާރުން: ޝިފާ

ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި ތިިބި އެތައް ބަޔަކު ހިޔާ ފްލެޓުތަކަށް ކުރިމަތިލާފައި އޮއްވާ އެ ފްލެޓުތައް އެ ފަރާތްތަކަށް ނުދިނީ މި ސަރުކާރުން ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެ އެވެ. 

ޝިފާ މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުގެ ބިންވެރިޔާ ސްކޯމުގެ ދަށުން ގޯތި ލިބުނު ވަރަށް ނިކަމެތި ފަރާތެއްގެ ވާހަކަ ހިއްސާކޮށް ލިޔެފައިވާ ރިޕޯޓެއް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެމީހާއަށް އިޝާރާތްކޮށް ޝިފާ ވިދާޅުވީ، މި ސަރުކާރުގެ ބިންވެރިޔާ ސްކީމަށް ކުރިމަތިލި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ކިތަންމެ ބަޔަކު ހިޔާ ފްލެޓުތަކަށް ވެސް ކުރިމަތިލި ކަމަށެވެ. 

ހިޔާ ފްލެޓުތަކަކީ ހަދާ ނިންމާފައިވާ ތަންތަނަށް ވީ ނަމަވެސް އެ ފަރާތްތަކަށް އެ ފްލެޓުތައް ނުދީ މި ސަރުކާރުން ބަހާލާފައިވާކަމަށް ޝިފާ ވިދާޅުވި އެވެ. 

ހިޔާ ފްލެޓުތައް ބެހުމުގެ މަސައްކަތް ފްލެޓު ކޮމެޓީން ކުރިއަށް ގެންގޮސްފައިވާ ގޮތަށް ވެސް މާލޭ ސިޓިގެ ކުރީގެ މޭޔަރު ޝިފާ ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

"ބަލަ މި ސަރުކާރު އައި ފަހުން ހިޔާ ފްލެޓުތައް ވެސް ބަހައިފި. މި އެންމެން އެޔަށް ކުރިމަތިވެސް ލި. އެތަން ތަނަކީ ފެންނަން ހުރި ތަންތަން. އެހެނަސް ނުދިން، ބަހާލީ ރައީސް އޮފީސް ތެރޭގައި އޮތް ކޮމެޓީއަކުން. އެ ކޮމެޓީއަކީ ފްލެޓު މައްސަލަތައް ބެލުމަށް އުފަން ކުރުވި ކޮމެޓީއެއް"

މާލޭ ސިޓިގެ ކުރީގެ މޭޔަރު ޝިފާ

ޝިފާ މިފަދައިން ވިދާޅުވެފައިވާއިރު ފްލެޓު ކޮމެޓީއިން ހިޔާ ފްލެޓުތައް ބަހާފައިވާ ގޮތަށް ބަލާއިރު ކޮރަޕްޝަން އެކުލެވޭ އެތައް ކަމެއް ފާހަގަވާތީ އޭސީސީއަށް ގިނަ މައްސަލަތަކެއް ވެސް އޭރު ހުށައެޅިއެވެ. 

ކުރީ ސަރުކާރުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވާލާ، ހިޔާ ފްލެޓުތައް ލިބޭނެކަމަށް ލިޔުން ހަވާލުކޮށްފައި ވަނިކޮށް، ސަރުކާރު ބަދަލުވި ހިސާބުން، ފްލެޓު ކޮމެޓީ އުފައްދާ ކުރިން ފްލެޓު ލިބިފައި ތިބި އެތައް ބަޔަކު ލިސްޓުން އުނިކޮށް، ހައްގުވެރި ނޫން އެތައް ބަޔަކަށް ފްލެޓުތައް ދީފައިވާ އެތައް މައްސަލައެއް ވެސް ވަނީ ފެންމަތިވެގެން ގޮސްފަ އެވެ. 

އޭގެ އިތުރުން މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ރާއްޖޭގެ އެންމެ އަގުބޮޑެތި ބިންތައް ހިލޭ ބަހާލުމަށް ނިންމުމާއި ގުޅިގެން، ހިޔާ ފްލެޓުތަކުން ކުލި ދެއްކުން ހުއްޓާލުމުގެ މަޝްވަރާތަކެއް ވެސް މިހާރު ވަނީ ފަށާފައެވެ. 

ކޮމެންޓް
އަހުމަދު
އިސްލާމްދީނާ ދުރުމީހުން އެމްޑީޕީ އިން ވަކިވެގެން އެދިޔައީ ވެސް ހަމަމިސަރުކާރުގަ
07 Jul 2023
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.