އިދިކޮޅު މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހާއާއެކު ހުރި ކުޑަކުއްޖާ/
ހަބަރު
08 Jul 2023 | 11:36
ހައްޔަރުކުރި އިރު ކުޑަކުއްޖަކު ހުރިކަމެއް ނޭނގޭ: ފުލުހުން

ހުކުރު ދުވަހު އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން ސައިކަލުގައި ދިޔަ މީހަކު ހައްޔަރުކުރި އިރު އޭނާގެ ގާތުގައި ކުޑަކުއްޖަކު ހުރިކަމެއް ނޭނގޭކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ސައިކަލެއްގައި ދިޔަ މީހަކު ހައްޔަރުކުރީ ކުޑަކުއްޖަކާއި އެކުގައި ހުއްޓާކަމަށް އިދިކޮޅު ކޯލިޝަނުން ކުރަމުންދާ ތުހުމަތުތަކަށް ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ. އަދި އިދިކޮޅުގެ ކުޑަ ކުއްޖަކާއި އެކު ހުރި މީހަކު ހައްޔަރުކޮށްފައި ނުވާނެކަމަށް ބުނެ ފުލުހުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. 

އިދިކޮޅު ޕީޕީއެމް ޕީއެންސީން ކޯލިޝަނުން މިއަދު ބޮޑުތަކުރުފާނު މަގުގައި މުޒާހަރާކުރަމުން ދަނިކޮށް ކުޑަކުއްޖަކު ގޮވައިގެން ސައިކަލްގައި ދިޔަ މީހަކު ސައިކަލް މަޑުކޮށް ފުލުހުންގެ ފޮޓޯއެއް ނެގި ކަމަށް ބުނެ ހައްޔަރުކުރުމުން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ފުލުހުން ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރު ކުރީ ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި އެއްޗެއް އެއްލި މައްސަލައެއްގައި ކަމަށެވެ.

އަދި އެވަގުތު އޭނާ ކައިރީގައި ކުޑަކުއްޖަކު ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މިފަދައިން ބުނި ނަމަވެސް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކުރަމުން ދަނިކޮށް އެސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އެމީހާ ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދެވުނު އިޙުތިޖާޖު ހިނގަމުން ދިޔަ ސަރަހައްދުން ސައިކަލެއްގައި ކުޑަ ކުއްޖަކާ އެކު ދަތުރު ކުރި ފިރިހެނަކު އެސަރަހައްދަށް މަޑުކޮށް އޭނާގެ ފޯނުން ފޮޓޯއެއް ނެގުމަށްފަހު ސަރަޙައްދުން ދިޔުމަށް މަސައްކަތް ކުރަނިކޮށްކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ. 

"އެ ފިރިހެން މީހާގެ ސައިކަލުގައި އިން އެކުއްޖާއާއި ހަވާލުވަނީ ކާކުތޯވެސް ބެލުމެއް ނެތި، އެކުއްޖާގެވެސް ކުރިމަތީ އެ މީހާއަށް ފުލުހުން އަނިޔާކޮށް، އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން އެއީ ވަރަށްވެސް ޒިންމާދާރުކަން ކުޑަކޮށް ފުލުހުން ހިންގި ޢަމަލެއް ގޮތުގައި މިކޯލިޝާނުން ސިފަ ކުރަމެވެ"

އިދިކޮޅު ކޯލިޝަންގެ ބަޔާން 

އިދިކޮޅުން ވަނީ އެ މައްސަލަ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގޮވާލާފަ އެވެ. 

ކޮމެންޓް
Ahmed Rasheed
މިތަންތާ ތިބީ ހިއްސު ނެތް މީހުން
08 Jul 2023
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.