ހަބަރު
20 Jul 2023 | 12:15
ދަތްތައް އަލުން ފެޅުމަށް އެހީވެދޭ ބޭހެއް ސައިންސް ވެރިން އުފައްދަނީ؛ މަސައްކަތް ނިމުމާއި ގާތަށް!

އިންސާނުންގެ ދަތް ތިން ވަނަ ފަހަރަށް ފެޅުމަށް އެހީވެދޭނެ ބޭހެއް އުފެއްދުމަށް ސައިންސް ވެރިން ފަށާފައިވާ މަސައްކަތް ނިމުމަކާއި ގާތަށް ހިނގައްޖެއެވެ. 

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކިރުބޯ ދަތްތައް ވެއްޓުމަށްފަހު ދެން ފަޅާ ދަތްތައް ވެއްޓުމުންވެސް އަލުން ދަތް ފެޅުމަށް އެހީވެދޭ ބޭހެއް އުފެއްދުމުގެ މަސައްކަތް ސައިންސް ވެރިން ކުރަމުންދާއިރު، އެ މަސައްކަތް މިހާރު އޮތީ ކްލިނިކަލް ޓްރައިލް ގެ މަރުހަލާ އަށް ދިޔުމާއި ގާތުގައެވެ. އަދި ބެލެވޭ ގޮތުގައި، ކްލިނިކަލް ޓްރައިލް ގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

މި ބޭސް ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހު, ފަރުވާއަށް ބޭނުން ކުރުމަށް ދަތުގެ ޑޮކްޓަރުންނާއި ހަމައަށް އަންނާނީ 2030 ވަނަ އަހަރުގެ ތެރޭގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ބޭސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖަޕާނުގެ ދަތުގެ ޑޮކްޓަރުން ބުނެފައިވާ ގޮތުގައި، މިއީ އެކި ބަލިތަކާއި ހުރެ ދަތް ނުފަޅާ މީހުންނާއި އެ ނޫންވެސް ހާލަތްތަކާއި ގުޅިގެން ދަތް ވެއްޓިފައި ނުވަތަ ނަގަން ޖެހިފައިވާ މީހުންނަށް އަލުން އެ ދަތް ފެޅުމަށް އެހީވެދޭނެ ބޭހެކެވެ. އަދި މި ބޭހަކީ ހުރިހާ ދަތުގެ ޑޮކްޓަރުންގެވެސް ހުވަފެނެއް ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.