މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ހަބަރު
24 Jul 2023 | 10:35
ރައީސް ކަމުގައި ހުންނަވައިގެން ނުހޯއްދެވުނު ސަޕޯޓެއް ޖަލުގައި ހުންނަވައިގެން ނުހޯދޭނެ: ޝަރީފް

ރައީސް ކަމުގައި ހުންނަވައިގެން ނުހޯއްދެވުނު ސަޕޯޓެއް ޖަލުގައި ހުންނަވައިގެން ނުހޯއްދެވޭނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

"ރައީސް ޔާމިން ވެރިކަމުގައި ހުންނަވައިގެން ފުރިހަމަ އާރާއި ބާރުގަ ހުންނެވިއިރު ލިބުވަޑައިނުގަތް ސަޕޯޓެއް މިހާރު އޮތްކަމަށް ޕީޕީއެމް ލީޑަރުން ދައްކަވަން އުޅުއްވިޔަސް އެއީ ހަޤީޤަތެއް ނޫން، ރައީސް ކަމުގައި ނުހޯއްދެވުނު ސަޕޯޓެއް ޖަލުގައި ހުންނަވައިގެން ހޯއްދެވޭނެ ގޮތެއް ނޯންނާނެ" ޝަރީފް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަން ނިމުނުތާ ހަމަސް ފަހުން ބޭއްވުނު މަޖިލިސް އިންތިޚާބުން ޕީޕީއެމްގެ ސައިޒު އެނގިގެން ދިޔަކަމަށެވެ. އަދި ވެރިކަން ކުރި ޕާޓީއަކަށް މަޖިލިސް އިންތިޚާބެއްގައި ލިބުނު އެންމެ ދެރަ ނަތީޖާ ލިބުނު ޕާޓީއަކީ ޕީޕީއެމް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުން ޕާޓީތަކަށް އޮތް ތާއީދާއި ސައިޒު އެއޮތީ ރީތިކޮށް ފެންނަން، އެއީ ވޯޓު ފޮށިން ދައްކާ ނަތީޖާ، ހަމަ ތިބެފަ ދައްކާ ވާހަކައެއް ނޫން" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް މިގޮތަށް ވާހަކަ ދައްކަވާފައިވާއިރު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މަސައްކަތް ކުރަމުންދަނީ އެކޯލިޝަނުން ރިޔާސީ އިންތިޚާބަށް ނެރޭ ބޭފުޅަކީ ރައީސް ޔާމިން ކަމަށް ހެދުމަށެވެ.

ޕީޕީއެމްގެ ދަފްތަރުގައި މިވަގުތު 38704 މީހުން ތިބިއިރު ޕީއެންސީގެ ދަފްތަރުގައި 3159 މީހުން އެބަތިއްބެވެ. އެއީ މުޅި ޖުމްލަ 41،863 މީހުންނެވެ. އިދިކޮޅު ކޯލިޝަންގެ ޢަދަދުގައި މިހާވަރަށް މީހުން ތިބިއިރު މި ހުރިހާ އެންމެންގެވެސް އުންމީދު ގުޅިފައިވަނީ ރައީސް ޔާމީނަށް ކަމަށް ކޯލިޝަނުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.