އިއްޔެގެ އިހްތިޖާޖު ރޫޅާލަން ސިފައިން ނެރެފައި--
ހަބަރު
31 Jul 2023 | 09:22
"ފުލުހުންނާއި ސިފައިން އަނިޔާކުރުމުން އިހްތިޖާޖުގެ ބައިވެރިންނަށް ނަފްސާނީ އަނިޔާ ލިބުނު"

އިއްޔެ ޏ.ފުވައްމުލަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގެންނެވުމުން، އެމަނިކުފާނާ ދެކޮޅަށް އިހްތިޖާޖު ކުރި އިދިކޮޅުު ކޯލިޝަންގެ މީހުން ފަހާ ވަލުތެރެއަށް ސިފައިންނާއި ފުލުހުން ވަދެ އަނިޔާކޮށްފައިވާ ކަމަށާ އޭގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ލިބިފައިވާ ކަމަށް އިދިކޮޅުުން ބުނެފިއެވެ. 

އިއްޔެ ފުވައްމުލަކުގައި ކުރިއަށް ދިޔަ އިހްތިޖާޖު ގެ ތެރެއިން  ހައްޔަރު ކުރި އިދިކޮޅުު ކޯލިޝަންގެ 3 މެމްބަރުން  ދޫކޮށްލުމަށް ގޮވާލައި އިދިކޮޅުުން ނެރުނު ބަޔާނުގައި ބުނީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލާ ކުރަމުންދިޔަ ސުލްޙަވެރި އިހްތިޖާޖުގެ ތެރެއިން އެ ކޯލިޝަންގެ ފުވައްމުލަކު އުތުރުދާއިރާގެ ރައީސް މުޙައްމަދު ޠާރިގް އަހްމަދާއި، ދަޑިމަގު ސްޓިއަރިން ކޮމިޓީގެ ރައީސް މުޙައްމަދު ޝަރަފުއްދީނާއި އެ ކޯލިޝަންގެ މެމްބަރު އުމުރުން 70އަހަރުގެ ހަބީބް އިބްރާހީމް ވަރަށް އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިދިކޮޅުން ބުނީ، އިހްތިޖާޖު ރޫޅާލުމަށް ބައިވެރިންގެ ލޮލަށް އަމާޒުކޮށް ޕެޕަރސްޕްރޭ ޖަހާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުންނާއި ސިފައިން ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެކަން އެކޯލިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

"އަދި އެއްވެސް ނުރައްކަލެއް ނެތް ހާލަތުގައި ރައްޔިތުން ފަހާ ވަލުތެރެއަށް ސިފައިންނާއި ފުލުހުން ވަދެ އަނިޔާކުރުމުގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ލިބިފައިވެއެވެ. އަދި އިހްތިޖާޖުގައި އަޑު އުފުލުމަށް ބޭނުންކުރި ޕިކަޕްވެސްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މިއީ ރައްޔިތުންގެ ތާއީދު ނެތުމުން ސަރުކާރުގެ އޯޑަރަށް ކުރި އަނިޔާތަކެވެ." އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވެއެވެ. 

މިއާއެކު އިދިކޮޅުުން ބުނީ އިހްތިޖާޖު ގެ ބައިވެރިން، ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށް އަނިޔާކުރުމަކީ ޑިމޮކްރެސީގެ އަސާސްތަކާއި ޚިލާފު ފިނޑި ޢަމަލެއް ކަމަށެވެ. އަދި ރައީސް ޞާލިހު ވަޑައިގަންނަވާ ކޮންމެ ރަށަކަށް ފުލުހުންނާއި ސިފައިން ބަރު ހަތިޔާރާއެކު ފޮނުވާ މިވެރިކަމާއި ދެކޮޅަށް އަޑުއުފުލަމުންދާ ރައްޔިތުންނަށް ބިރުދައްކާ އަނިޔާ ކުރުން ހުއްޓާލުމަށްވެސް އިދިކޮޅުުން ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.