ރާހުލް ގާނދީ
ހަބަރު
04 Aug 2023 | 19:01
ރާހުލް ގާނދީގެ މައްޗަށް ދަށުކޯޓުން އިއްވާފައިވާ އަބުރުގެ ކުށުގެ ހުކުމް އިންޑިއާގެ ސުޕްރީމްކޯޓުން ސަސްޕެންޑްކޮށްފި

އިންޑިއާގެ އިދިކޮޅު ކޮންގްރެސްޕާޓީގެ ލީޑަރ ރާހުލް ގާނދީގެ މައްޗަށް އިންޑިއާގެ ދަށު ކޯޓަކުން ސާބިތުކުރި އަބުރާބެހުމުގެ ކުށުގެ އަދަބު އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިހުކުމް ބާތިލް ކުރުމާއެކު ރާހުލް ގާނދީ އެގައުމުގެ ގާނޫން ހަދާ މަޖިލީހުގެ މެންބަރުކަމުން ވަކިކޮށްފައިވާ ވަކިކުރުން ބާތިލްވެ ގާނޫން ހަދާ މަޖިލީހުގެ މެންބަރެއްގެގޮތުގައި މަސައްކަތް ކުރުމަށް ހުޅުވިގެންދިޔައީއެވެ.

އަދި އަންނަ އަހަރު އެގައުމުގައި ބާއްވާ ގާނޫން ހަދާ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިވަޑައިގަންނަވާނެއެވެ.

ރާހުލް ގާނދީގެ މައްޗަށް އަބުރާބެހުމުގެ ކުށްސާބިތުވެއްޖެކަމަށް ދަށު ކޯޓަކުން މިއަހަރުގެ މާރިޗް މަހު ކަނޑައެޅީ  2019 ވަނަ އަހަރު އޭނާ ދެއްކެވި ވާހަކަ ފުޅެއްގައި އިންޑިއާގެ ހުރިހާ ވަގުންގެ އާއްމު ނަމަކަށް މޯދީ ކިޔަނީ ކީއްވެގެންހޭ ވިދާޅުވެފައި އޮވެގެން ވެރިކަން ކުރާ ބީޖޭގެ ގާނޫން ހަދާ މަޖިލީހުގެ މެންބަރަކު އެއީ ގުޖުރާތުގެ މޯދީ ކިޔާ ހުރިހާ އެންމެންގެ މައްޗަށް ނިސްބަތްވާ ވާހަކައެއްކަމަށް ވިދާޅުވެ އަބުރާއިބެހުންކަމަށް ކަނޑައަޅައިދޭން ކޯޓަށް ހުށަހެޅުމުންނެވެ.

ރާހުލް އެހެންވިދާޅުވެގެން އެއީ ބޮޑުވަޒީރު މޯދީއަށް މަލާމާތްކުރުންކަމަށް ބީޖޭޕީއަށް ތާއީދުކުރާމީހުން ބަލައެވެ. ގުޖުރާތުގެ ދަށު ކޯޓާއި ހައިކޯޓުން އެއީ އަބުރާ ބެހުންކަމަށް ކަނޑައަޅާފައިވާއިރު މިއަދު އެގައުމުގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން އެކަން ބާތިލްވެ އިންޑިއާގެ ޑިމޮކްރަސީއަށް އުއްމީދުގެ އަލިކޮޅެއްވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް