ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ހަބަރު
05 Aug 2023 | 11:15
ސަލާމްކުރަން ސަފުދިގުކުރަން މީހުން ނެރެނީ މަޖުބޫރުކޮށްގެން، އަނދިރި ޖެހުނީމުން އެ ފެންނަނީ އަސްލު ސައިޒު - ވައްޑެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ ކެމްޕެއިން ދަތުރުތަކުގައި ސަލާމްކުރަން މީހުން ގިނަކޮށް ސަފުތައް ދިގު ކުރަނީ މަޖުބޫރުކޮށްގެން ރަށްރަށުން މީހުން ނެރެގެން ކަމުގައި ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. 

ރައީސްގެ ކެމްޕެއިން ދަތުރެއްގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ ދެއްކެވި ވާހަކަފުޅެއް ހިމެނޭ ވީޑިއޯއެއް އާންމުކުރައްވައި ވައްޑޭ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ސަލާމް ކުރަން ރަށްރަށުން ގެންނަ މީހުން އަނދިރި ޖެހުމުން ފުރުމާއިއެކު ދެން އެ ފެންނަނީ އަސްލު ސައިޒު ކަމުގައެވެ. 

ވައްޑެ ހިއްސާކުރެއްވި ވީޑިއޯގައި މޫސާ ވިދާޅުވަނީ, ސަލާމްކޮށް ގައި ހަރުގެޔަށް ދާއިރު ތަންކޮޅެއް މީހުން މަދުކަމުގައި އެ ބޭފުޅާގާތުގައި ބައެއް މީހުން ބުނާ ކަމުގައެވެ.

އަޅުގަނޑު އެމީހުން ކައިރީގައީ މި ބުނަނީ ސަލާމްކުރަން ތިބި މީހުން ތިބީ ރައީސްއާއި ސަލާމް ކުރެއްވުމަށްޓަކައި ކުޑަކުދިން ގޭގައި ބައިތިއްބާފައި، ބަތްތަވާ އުނދުން މައްޗަށް އުދާފައި އަދި އަޅުގަނޑުމެންނަށް ދޭން ބޮނޑިބަތް ވެސް އުދާފައޭ

ވީޑިއޯގައި މޫސާ އިތުރަށް ބުނެފައިވެއެވެ. 

މިކަމަށް ފާޑުވިދާޅުވެ ވައްޑެވަނީ، ރައީސް ވަހީދުގެ ވެރިކަމުގައިވެސް ހެނދުނު ސަފުތާކުގެ ދިގު މިނާއި ލިބުނު ވޯޓުގެ އަދަދު ތަފާތު ނޫންތޯ ސުވާލު ކުރައްވައިފައެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ރަށްރަށް ވަޑައިގަންނަވާއިރު، ކައިރި އެހެން ރަށްރަށުން މީހުން ގެނެސްގެން ސަޕޯޓަރުން ގިނަ ކަމަށް މަންޒަރު ދައްކާ ކަމަށްބުނެ ވަރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.