އާދަމް ޝަރީފް އުމަރު
ހަބަރު
05 Aug 2023 | 15:33
ފައިސަލްގެ ނަންފުޅު ދިވެހިތާރީޚުގައި ރަންކުލައިން ފަވާލެވޭނެ: އާދަމް ޝަރީފް

ނައިބް ރައީސެއްގެ ހައިސިއްޔަތުން މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ދައްކުވައިދެއްވީ ނަމޫނާ ރީތި މިސާލެއް ކަމަށާއި، އެ މަނިކުފާނުގެ ނަންފުޅު ދިވެހި ތާރީޚުގެ ރަންކުލައި ލިޔެވިގެން ދާނެކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް އެއްގެ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ނިކުންނަވާ ބޭފުޅަކީ އައްޑޫ މެމްބަރު އަސްލަމް ކަމުގައި އެމްޑީޕީން މިއަދު އިއުލާންކޮށްފައި ވާއިރު، މި ނިންމުމާމެދު ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ގެނުވާފައެވެ. 

ރަނިންމޭޓް ކަމުން ފައިސަލް ބާކީވެވަޑައިގެން މި ދަނޑިވަޅުގައި އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓުގައި އިތުރަށް ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިކަމާއެކު ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވުމަކީ ފައިސަލް ނަސީމްގެ ނަންފުޅު ދިވެހި ތާރީޚުގެ ރަންކުލައި ލިޔެވިގެން ދާނެކަމުގައެވެ. 

އިބޫގެ ރަނިންމޭޓް އަކަށް ހޮވާނެކަމުގެ ކުލަ ހުވަފެން ދައްކާފައި، އެ ފުރުސަތު ނުދިނުމުން އެނގިގެން ދިޔައީ، އިހުލާސްތެރިކަމާ ތެދުވެރިކަމާއެކު، ކުރާ ހިދުމަތް ވުރެ ޕޮލިޓިކްސް ގެ ވިހަ މާ ބޮޑުކަން

އާދަމް ޝަރީފްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. 

ރައީސްގެ ރަނިންމޭޓްއެއް ގޮތުގައި އަސްލަމް އައްޔަން ކުރުމާއި ހަމައަށް ގިނަ ބަޔަކު ބުނަމުން އައީ އެ މަގާމަށް އެންމެ އެކަށޭ އެންމެ ގާބިލު އިހްލާސްތެރި ބޭފުޅަކީ ފައިސަލް ނަސީމް ކަމުގައެވެ. 

އަދި އެ މަގާމަށް އައްޔަން ކުރައްވާނެކަމަށް ގިނަ ބަޔަކަށް ހީވެފައިވެސް އޮތީ ފައިސަލް ނަސީމްއެވެ. 

މިއާއެކު ރިޔާސީ ރޭހުގައި ފައިސަލް ނަސީމް ބާކީވެ ވަޑައިގަތުމާއެކު އެ މަނިކުފާނުގެ މިސްރާބު ދެން އަނބުރައިލައްވާނީ ކޮން ދިމާލަކަށް ތޯ އެއީ މިވަގުތު އުފެދިފައިވާ ބޮޑު ސުވާލެކެވެ. 

ކޮމެންޓް
ދޮން ދީނާ
ފައިސަލް ހުންނަވާނީ ސާބިތު ކަމާއެކު ރައީސް ސާލިޙު ފަހަތްޕުޅުގައި.
05 Aug 2023
ގުޅޭ ލިޔުންތައް
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.