ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް
ހަބަރު
06 Aug 2023 | 11:25
ހައްގަށް ނަޞްރު ދެއްވާނެ: ޝިޔާމް

މިއަދު މި ގައުމަށް ރައީސް ޔާމީން ބޭނުންވެފައިވާ މިންވަރު ދިވެހި ލޭ ހިނގާ ކޮންމެ ދަރިޔަކަށް އިހްސާސުކުރެވޭނެ ކަމުގައްޔާއި މާތް ﷲ ގެ ރަހުމަތްފުޅުން ހައްގަށް ނަސްރު ލިބިގެންދާނެ ކަމުގައި ރައްޔިތުންގެ މަޖްލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިާމް މިފަދައިން ވިދާޅުވީ، މި އަހަރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްޓަަކައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ކުރީގެ ރައީސް ޔާމީން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ކެންޑިޑޭސީ ބަލައިނުގަނތް ނުގަތުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ސުޕްރީމްކޯޓުން މިއަދު ކަނޑައަޅާފައިވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ.

ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އީސީން ނިންމީ މައިގަނޑު ދެ ނުކުތާއަކަށް ބަލައިފައެވެ. އެއީ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ވުމާއި، އެ ހުކުމާ އެކު އިއްވި ޖޫރިމަނާ އަދަބު ވެސް ނުދައްކައި އޮތުމުން ސާބިތު ދަރަންޏެއް ވެސް އެ މަނިކުފާނުގެ މައްޗަށް އޮތް ކަމަށެވެ.

މި މައްސަލައިގައި ހުކުމް އިއްވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ އުނިވާ ކަމަށް ވިދާޅުވެފައެވެ. އަދި، 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާ އަދަބުގެ އިސްތިއުނާފު ކުރިއަށް ދިޔަ ނަމަވެސް މަތީ މަރުހަލާ ކޯޓަކުން އެ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމް އަނބުރާ ނުގެންދާހާ ހިނދެއްގައި އެ ހުކުމްތައް ތަންފީޒު ކުރައްވަމުން ގެންދަން ޖެހޭނެ ކަމަށެވެ.

ވުމާއެކު، ފަނޑިޔާރު ސުޢޫދުގެ ރަޢުޔުގައި ވިދާޅުވެފައިވަނީ، ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ވަނީ ސުޢޫދުގެ ރަޢުޔަށް ތާއީދުކޮށްފައެވެ.

ކޮމެންޓް
ޢަބުދު
މަ ބޭނުމމެއްނޫން ބޮޑު ވަގެއް
06 Aug 2023
Ahmed zahir
ޜަގަލުގޮތަކީ ކުރިމަތި ލެވޭ ގޮަަަތައ ނުވުނ
06 Aug 2023
ގުޅޭ ލިޔުންތައް
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.