މީގެ ކުރިން އިންތިހާބެއްގައި ވޯޓުލަނީ
ހަބަރު
06 Aug 2023 | 21:05
ރިޔާސި އިންތިހާބަށް 32 މީހެއްގެ ކުށުގެ ރިކޯޑް ސާފުކޮށްދީފި

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބޭއްވުމަށް ވަގުތު ކުޑަތަންވަމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި، ކުށުގެ ރެކޯޑު ސާފު ކުރެއްވުމަށް 34 މީހަކު ހުށަހަޅާފައިވާ ކަމަށާއި، މިހާތަނަށް 32 މީހެއްގެ ރެކޯޑު ސާފުކޮށް ދީފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފިއެވެ. 

ޑީޖޭއޭ އިން ހާމަކުރި ގޮތުގައި ރިޔާސީ އިންތިޚާބާއި ގުޅިގެން މިއަދުގެ 18:00 އާއި ހަމައަށް އެ އިދާރާއަށް ލިބފައިވާ 34 ފޯމުގެ ތެރެއިން 32 ފޯމް ރެކޯޑު ސާފުކުރުމަށް ފަހު ވަނީ އެފަރާތްތަކާއި ހަވާލުކުރެވިފައި ކަމަށާއި، އަދި މިހާރު ނުނިމި ވާ 2 ފޯމް ވީ އެންމެ އަވަހަކަށް ނިންމުމަށްޓަކައި ކޯޓުތަކާއި ގުޅިގެން އެ ޑިޕާތުމަންޓުން މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. 

ރެކޯޑު ސާފުކުރެވެނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސް އަކުން ކަމުގައި ނުވާތީ މުޅި ރާއްޖޭގެ ހުރިހާ ކޯޓަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމުގައި ވާތީ ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުކަން ދެއްވުން އެދެމަށް ވަނީ އެދިފައެވެ. އަދި ރިޔާސީ އިންތިޚާބާއި ގުޅިގެން ރެކޯޑު ސާފުކުރުމަށްޓަކައި މިރޭ 21:00 ގެ ފަހުން ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑި އަށް ނުނިމުގެ ފުރުސަތު އޮތްކަމަށްވެސް ޑީޖޭއޭ އިން ވަނީ ބުނެފައެވެ. 

އެންމެ ފަހު ވަގުތަށް މަޑުކުރައްވައިފިނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ޙާލަތެއް ދިމާވެއްޖެ ހިނދެއްގައި، މާދަމާގެ 14:00 ގެ ފަހުން، އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީ، ވަގުތު އޮއްވާ މާދަމާގެ އެޕްލިކޭޝަންތައް ހުށަހެޅުއްވުމަށް އިލެކްޝަނުން ވަނީ އެދިފައެވެ. 

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ގިނަ ސިޔާސީ ޕާޓީ ތަކަކުން އިއުލާނުކޮށްފައިވާއިރު، މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ހުށަހަޅައިފައިވަނީ ހަތަރު ޕާޓީއަކުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.