ގއ. ވިލިނގިލީގައި އިދިކޮޅު ސަޕޯޓަރުން އެއްވެ ކުރި އިހްތިޖާޖުގެ ތެރެއިން-- ފޮޓޯ: މިހާރު
ހަބަރު
11 Aug 2023 | 17:08
ސަރުކާރުގެ ޣައިރު ގާނޫނީ އަމުރު ތަކަށް ތަބާ ނުވުމަށް އިދިކޮޅުން ފުލުހުންނަށް ގޮވާލައިފި

ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމުރުތަކަށް ތަބާނުވުމަށް ދިވެހި ފުލުހުންނަށް އިދިކޮޅުުން ގޮވާލައިފި އެވެ. 

އިދިކޮޅުން މިފަދައިން ގޮވާލީ ގއ. ވިލިނގިލީގައި، އިޙުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. 

އިދިކޮޅުގެ ބަޔާނުގައި ބުނީ، މި ސަރުކާރުން، އެ ކޯލިޝަންގެ ލީޑަރު، ރައީސް ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ޢާއިލާއަށް ނުޙައްޤުން އަނިޔާވެރިވެ، ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގއ. ވިލިނގިއްޔަށް ކެމްޕެއިން ދަތުރެއްގައި އަރާވަޑައިގަތުމުން އެކަމާއި ދެކޮޅަށް އަޑު އުފުލާ ސުލްޙަވެރިކަމާއެކު އިޙުތިޖާޖު ކުރަމުން ދިޔަ ގއ. ވިލިނގިލީގެ އެތައް ރައްޔިތުންނަކަށް ފުލުހުން މެދުވެރިކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެރައްޔިތުންނަށް އަނިޔާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އިދިކޮޅުުން ބުނެފައިވެއެވެ.

އިދިކޮޅުން ބުނީ، ޤާނޫނުއަސާސީއާއި ޤާނުނު ތަކުން ދިވެހި ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި އިޙުތިޖާޖު ކުރުމުގެ ޙައްޤަށް ސަރުކާރުން އަރައިގަނެ، އެ ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ގއ. ވިލިނގިލީގެ 3 ބޭފުޅަކު އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަން އެ ކޯލިޝަނުން ބަލައިނުގަންނަ ކަމަށްވެސް ބަޔާނުގައި ވެއެވެ. 

"ސުލްޙަވެރިކަމާއެކު، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީ ޤާނޫނުއަސާސީ އިން ދިވެހިރައްޔތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤަކަށްވާއިރު، އެކަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމުރުތަކަށް ތަބާނުވުމަށް ދިވެހި ފުލހޔުންނަށް ގޮވާލަމެވެ." އިދިކޮޅުގެ ބަޔާނުގައި ވެއެވެ. 

އެއާއެކު އެ ބަޔާނުގައި ވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ކުރަމުން ގެންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.