ަޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ޕީޕީއެމް
ހަބަރު
12 Aug 2023 | 19:49
މިއަދު ކުރެވެނީ އެއްބަނޑު އެއްބަފާ މީހަކު ޖަލުގައި ހުރިކަމުގެ އިހުސާސް: އަބްދުއްރަހީމް

ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވާއިރު އިހުސާސް ކުރެވެނީ އެއްބަނޑު އެއްބަފާ މީހަކު ޖަލުގައި ހުންނައިރު ކުރެވޭފަދަ ފުން އިހުސާސްތަކެއް ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް  ވިދާޅުވެއްޖެ އެވެ. 

ރައީސް ޔާމީންގެ މައްޗަށް އެކި ފަހަރުމަތިން ކުރި ހުކުމްތަކުގައި ބަންދުގައި ހުންނަވާތާ މިއަދަށް 1000 ދުވަސް ފުރިފައިވާއިރު، އެކަމައި ގުޅޭގޮތުން ޗެނަލް-13 އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީނު އަރިހުގައި ނެތްކަމުގެ ފަޅުކަން އިހުސާސް ކުރެވޭ މިންވަރު ހިއްސާކުރައްވާފަ އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މައިދާނުން ރައީސް ޔާމިނާއި ބައްދަލުވި ނަމަވެސް، އެމަނިކުފާނަކީ ގާތް ރަޙުމަތްތެރިއެއްކަމަށެވެ. އަބަދުވެސް ޒާތީ ދިރިއުޅުމުގައި ވެސް ކަންކަން ކުރަންވީ ރަނގަޅު ގޮތް ބުނެދެއްވާ އެކަންކަން ކުރުމަށް ބާރުއަޅުއްވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ސިޔާސީ ލީޑަރެއްގެ އިތުރުން އަޅުގަނޑަށް ރައީސް ޔާމީން ފެނުނީ ނަސޭހަތްތެރިވާ ބައްޕައެއްގެ ގޮތުގައި. ވަރަށް ގިނަ ފަހަރު ހުންނާނެ އަޅުގަނޑު ޒާތީ ދިރިއުޅުމުގެ ކަންތައްތަކުގައި ވެސް އަޅުގަނޑަށް އެކަން ކުރަން ފެނިގެން ކުރަން ނިންމާ ބައެއް ކަންތައްތައް ނުވަތަ ކުރަން ގަސްދުކުރާ ބައެއް ކަންކަމުގެ ވާހަކަ ރައީސަށް ދެންނެވީމަ، ރައީސް ވިދާޅުވާނެ އަބްދުއްރަހީމޭ ތީ އެހާ ރަނގަޅުކަމެއް ނޫނޭ، ތިގޮތަށް ތިކަން ނުކުރާށޭ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

ރައީސް ޔާމިނު އަރިހުގައި ނެތްކަމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ސިޔާސީ ލީޑަރު ނެތި ސިޔާސީ މަސައްކަތް ކުރަން ޖެހުމުން ކުރިމަތިވާ ފަޅުކަން ކަމަށެވެ. 

ދެން ވިދާޅުވީ ރައީސް ޔާމީން ނެތުމުން އެއްބަނޑުއެއްބަފާ މީހަކު ގާތުގައި ނެތުމުން ކުރެވޭފަދަ އިހުސާސް ކުރެވެމުންދާ ކަމަށެވެ. އެ އަސަރުތައް ކުރަމުންދާ ކަމަށެވެ. 

"އަޅުގަނޑުގެ އެއްބަނޑު އެއްބަފާ މީހަކު ޖަލުގައި އޮތުމާއި، ރައީސް ޔާމީން ޖަލުގައި އޮންނެވުމާއި އެއްވެސް ތަފާތެއް ނެތް ކުރާ އަސަރުގައެއް. އަސަރުކުރަނީ އަޅުގަނޑަށް ވަރަށް ނަސޭހަތް ދެއްވާނެ، އެވެނިކަމެއް މިހެން ކުރާށޭ، މިކަންކަން މިހެން ކުރީމާ ވާނީ މިހެންނޭ، އެގޮތަށް، އަޅުގަނޑަށް ސިޔާސީ ގޮތުން ކާމިޔާބީއެއް ލިބިފައި އޮތް ނަމަ އެކަމުގެ އެންމެ ބޮޑު ބައިވެރިއަކީ އަދި އެކަމަށް މަގުފަހިކޮށްދެއްވި ބޭފުޅަކީ ރައީސް ޔާމީން"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ނުލާ ސިޔާސީ މަސައްކަތް ކުރުމަކީ އިދިކޮޅަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޔާމިނުގެ އިރުޝާދާއި އެއްގޮތަށް ޕާޓީގެ ކަންކަން ކުރިއަށް ގެންދެވުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި، ސިޔާސީ މަސައްކަތްޕުޅު ނިންމަވާލައްވާނީ ރައީސް ޔާމިނުގެ އަރިހުގައި އެމަނިކުފާނުގެ ވަފާތެރިއެއްގެ ގޮތުގައި ހުންނަވައިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.