ޑރ މުޢިއްޒު ހަނިމާދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވަނީ. ފޮޓޯ: ޕީޕީއެމް
ހަބަރު
12 Aug 2023 | 20:24
މިސަރުކާރުން ފަށައިފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢު އެއް ހުއްޓައިނުލާނަން: ޑރ މުޢިއްޒު

މިސަރުކާރުން ފަށައިފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢުތައް ހުއްޓައިނުލާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރު ކަންވެސް ކުރައްވަމުން ގެންދަވާ މުޢިއްޒު މިހެން ވިދާޅުވީ ބޮޑު ތިލަދުން މައްޗަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ހދ ހަނިމާދޫ އަށް މިއަދު ކުރެއްވެވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ފަށައިފައިވާ ތަރައްޤިގެ އެއްވެސް މަޝްރޫޢުއެއް ހުއްޓައިނުލައްވާނެކަމަށާއި އެއީ ތަރައްޤީގެ ފިކުރުގެ ބަޔަކު ކުރާނެކަމެއް ނޫންކަމަށެވެ.

ހަނިމާދޫ ޕީޕީއެމް ޖަގަހައިގައި ވާހަކަދައްކަވަމުން ޑރ މުޢިއްޒު ވިދާޅުވީ ރަށަށް އަންނަން އޮތް އެއްވެސް ތަރައްޤީއެއް ހުއްޓައިނުލައްވާނެކަމަށާއި މިހާރު ހިނގަމުންދާ އެއްވެސް ކަމެއް ހުއްޓައިލުމަކީ ތަރައްޤީގެ ފިކުރުގައި ކުރާނެ ކަމެއް ނޫން ކަމަށެވެ.

އެކަން ފާހަގަކުރައްވާ މުޢިއްޒު ވަނީ ޕީޕީއެމް ޕީއެންސީއަކީ ތަރައްޤީގެ ފިކުރުގެ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ.

 މުޢިއްޒު ވިދާޅުވީ ހަނިމާދޫގައި ހިނގާ ތަރައްޤިގެ މަޝްރޫއުތައް ފާހަގަކުރައްވާ ވިދާޅުވީ ރަށުގެ އެއާޕޯޓު ފަދަ މަޝްރޫއުތައް ރަނގަޅަށް ކުރިއަށް ގެންދެވޭ ނަމަ ވަރަށް ފައިދާތައް ވާނެކަމަށާއި، އެގޮތުން އެކަން ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ ރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވާނެކަމަށާއި ވިޔަފާރިއަށްވެސް ފައިދާ ވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އެއާޕޯޓު މަޝްރޫޢު މިހާރު ކުރިއަށް ގެންދަނީ އެންމެ ރަނގަޅަށް ނޫންކަމަށާއި އެ މަޝްރޫޢު މިހާރު ހިންގާ ގޮތަށް ވުރެ ރަނގަޅަށް އެ މަޝްރޫޢު ކުރިއަށް ގެންދެވޭނެކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރަށަށް އެންމެ ފައިދާވާގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށާއި ޕީޕީއެމްއަކީ ތަރައްޤީއަށް ލޯބި ކުރާ ތަރައްޤީ ގެންނަން ބޭނުންވާ ބައެއް ކަމަށެވެ. އަދި އެކަން ރައީސް ޔާމީންގެ ފަސް އަހަރު ވާނީ ސާބިތުކޮށްދީފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ މުޢިއްޒު ވާދަކުރެއްވުމަށް ހަމަޖެހިފައިވާއިރު ޑރ މުޢިއްޒުއަކީ ރައީސް ޔާމީންގެ ދައުރުގެ ހައުސިންގ މިނިސްޓަރ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.