ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު/ފޮޓޯ: ޕީޕީއެމް
ހަބަރު
13 Aug 2023 | 12:49
މަކުނުދޫ އެއާޕޯޓު މަޝްރޫއު، ރައްޔިތުން އެދޭގޮތަށް ބަދަލުކުރާނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި މަކުނޫދުގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު، ރައްޔިތުން ބޭނުންވާގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަން ތަމްސީލުކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ތިލަދުންމައްޗަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ހދ މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ގުދުރަތީގޮތުން މަކުނުދޫ ހެދިފައިވާ ގޮތަށް ބަލާއިރު، މަކުނުދޫއަކީ ވަކި ގޮތަކަށް ތަރައްގީކުރަން ޖެހޭ ރަށެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން މަކުނޫދެ ރައްޔިތުން އަސާސީ ޚިދުމަތްތައް ހޯދުމަށް ދުރު ރަށްރަށަށް ދަތުރުކުރަން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، ރަށުގައި މަޝްރޫއުތައް ހިންގާއިރު، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން ބަލައިގެން ކުރިއަށް ދިއުން މުހިންމުކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

"ސަރުކާރުން ރަށްރަށުގައި އެބަ ތަރައްގީގެ މަޝްރޫއުތައް ފަށާ، އެހެން ނަމަވެސް ފަށަނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެނެއް ނޫން. ހަމަ އެބޭފުޅުންގެ އަމިއްލަ އެޖެންޑާއެއް އޮވެގެން، އެކި ކަހަލަ ގޮތްގޮތަށް ރަށްރަށުގައި ބިން ވެސް ހިއްކާ އެއާޕޯޓު ވެސް އަޅާ، ބަނދަރު ވެސް ހަދާ، ރަށުގެ ރައްޔިތުން ތިބެނީ އެކަމާއި ވަރަށް ހިތްހަމަ ނުޖެހިފަ، އެހެންވީމަ ރައްޔިތުންނަށް އެކަންކަމުން ވާ ފައިދާއެއް ނޯވޭ، ރައްޔިތުންނާއި ސަރުކާރާއި ނެތް އެއްވެސް ކަހަލަ ގުޅުމެއް"

ޑރ މުހައްމަދު މުއިއްޒު 

އެއާއެކު ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހިންގަން މަސައްކަތްކުރާ މަކުނުދޫ އެއާޕޯޓު މަޝްރޫއާއި ގުޅިގެން ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ޚިޔާލު ނުހޯއްދަވާ ރައްޔިތުންނާއި ރަށަށް ގެއްލުންލިބޭގޮތަށް އެކަން ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. 

"އެއާޕޯޓުގެ މަސައްކަތް ތިޔަ ވިދާޅުވީ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައޭ. ތިމާވެށީގެ ގޮތުން ބަލައިފިއްޔާ އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެކަމަށް، މި ރަށުގެ އަހުލުވެރިން ތި ވިދާޅުވަނީ. އެހެންވީމަ ތިބޭފުޅުންނަށް ވުރެ ބޮޑަށް މި ރަށަށް، މި ރަށުގެ ފަޅަށް ވާނެ ގޮތް އެނގޭނެ އެހެން ބަޔަކު ނޫލޭނެ. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން އެކަން އެދަނީ ރަނގަޅަކަށް ކަމަށެއް:

ޑރ މުހައްމަދު މުއިއްޒު 

އެއާއެކު ޑރ މުއިއްޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ވެރިކަމެއްގައި މަކުނުދޫ ރައްޔިތުން އެދޭގޮތަށް މަކުނުދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު ބަދަލުކޮށްދެއްވާނެ ކަމަށެވެ. 

ޑރމުއިއްޒުގެ ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއު ހިންގަވާނީ ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން، ރައްޔިތުން އެދޭގޮތަށް ކަމުގެ ޔަގީންކަން ވެސް ޑރ މުއިއްޒު ވަނީ ދެއްވާފަ އެވެ. 

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން ގާއިމްކުރާ ސަރުކާރު ވެގެންދާނީ ދިވެހިރައްޔިތުންގެ ވިންދާއި އިހުސާސާއި ގުޅި ލާމެހިފައި އޮތް ސަރުކާރަކަށޭ"

ޑރ މުހައްމަދު މުއިއްޒު 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.