ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ޕީޕީއެމް
ހަބަރު
13 Aug 2023 | 16:55
ޢިއްޒަތާއި ހައިބަތަށްޓަކައި މަޤާމު ބޭނުން މީހަކަށް މަޤާމެއް ނުދޭނަން: ޑރ މުޢިއްޒު

މަޤާމުގެ ޢިއްޒަތާއި ހައިބަތަށްޓަކައި މަޤާމު ބޭނުން އެއްވެސް މީހަކަށް އެއްވެސް މަޤާމެއް ނުދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުޢިއްޒު މިހެން ވިދާޅުވީ ރޭ ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޅުދުއްފުށީގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވަނީ ރާއްޖެއަށް ޚާއްސަކޮށް ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ކޮށްދެއްވާނެ ކަންކަމާއި މެދު ވާހަކަ ދައްކަވައިފައެވެ.

އެކަންކަމާއި މެދު ވާހަކަދައްކަވަމުން ޑރ މުޢިއްޒު ވިދާޅުވީ އެއީ ސީރިއަސް އަދި ޤައުމެއްގެ ކަންކަން ހައްލު ކުރާ ގޮތުގެ ވާހަކަތައް ކަމަށެވެ. އެހެންކަމުން އެމަސައްކަތް ތައް ކުރުމަށް މަޤާމުތަކަށް އަންނަ މީހުން ވެސް ވާން ޖެހޭނީ ސީރިއަސްކަމާ އެކު، ޒިންމާއަދާކުރެވޭ ފެންވަރުގެ މީހުންނަށް ކަމަށެވެ. 

ޑރ މުޢިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މިނިސްޓަރު ކަމުގެ މަޤާމަށް ވިޔަސް އަދި ސަރުކާރުގެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ ވަޒީފާއަށް އަންނަން އުއްމީދު ކުރާ މީހަކަށް ވިޔަސް، އެ މީހަކީ، މަޤާމުގެ ހައިބަތާއި ނަމާއި ޢިއްޒަތުގެ ބޭނުމުގައި އެ މަޤާމު ހޯދަން ބޭނުންވާ މީހަކަށްވާ ނަމަ މަޤާމުނުދެއްވާނެ ކަމަށެވެ.

"ރޭގަނޑު ދަންވަރު 3 ޖަހާއިރު ވެސް އަޅުގަނޑުމެންގެ ކޯލެއް ހިނގައިދާނެ، ކޮންމެވެސް ކަމެއް ހައްލުކުރަން، އެ ކޯލު ނަގައި އެ ކަމަކަށް އެ ވަގުތުން ވަގުތަށް އެޓެންޑު ކުރެވޭނެ މީހުން ނޫނީ މަޤާމުތަކަށް ނުލާނަން" މުޢިއްޒު ވިދާޅުވިއެވެ. 

މުޢިއްޒު އިތުރަށް ވިދާޅުވީ މަޤާމުތަކަށް އަންނަ މީހަކީ މަޤާމުގެ ޒިންމާ ވަރަށް ސީރިއަސްކަމާ އެކު ރައްޔިތުންނަށްޓަކައި އިޚްލާސްތެރިކަމާ އެކު އަދާކުރާ ފަރާތަކަށް ހައްދަވާނެ ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިޚާބުގައި ވާދަކުރުމަށް 8 ކެންޑިޑޭޓަކު ދަނީ ކެމްޕޭނު ކުރައްވަމުންނެވެ. ކޮންމެ ބޭފުޅަކުވެސް ދަނީ ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ކޮށްދެއްވަވާނެ ކަންކަން އިޢުލާނު ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.