ޑރ. މުހައްމަދު މުޢިއްޒު -- ފޮޓޯ/ޕީޕީއެމް
ހަބަރު
14 Aug 2023 | 11:42
އިސްލާމް މާއްދާ އިނގިރޭސި ކުރުމަކީ ގައުމިއްޔަތު ގެއްލުވައިލާން ކުރާ މަސައްކަތުގެ ފެށުން: މުޢިއްޒު

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ކުރާ މަސައްކަތުގެ ފެށުމެއް ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"އުފާވެރި ދިރިއުޅުން" ގެ ނަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ މެނިފެންޓޯގެ ފުރަތަމަ ބައި އިއުލާންކުރިއިރު، އެ މެނިފެސްޓޯގެ ދަށުން "މާދަމާގެ މީހާ މިއަދު" ގެ ނަމުގައި އާންމުކުރި ތައުލީމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ވަނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން ފަހިކޮށްދިނުމަށް ވަނި ވަޢުދުވެފައެވެ. 

އެކަމަށް ފާޑުވިދާޅުވެ ރޭ ހއ. އިހަވަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައި ދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ސަރުކާރުން ރާއްވައިގެން ކުރާ މަސައްކަތެއް ކަމަށެވެ.

"މިހާރު މި އިވެނީ ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސީ ބަހުން އިސްލާމް މާއްދާއާއި މިހުރިހާ އެއްޗެއް ކިޔަވައިދޭން އުޅޭވާހަކަ. ގައުމިއްޔަތު ގެއްލުވައިލުމުގެ މަސައްކަތް މިވަނީ ފެށިފައި. މިކަމަށް ނިމުން ގެންނަންޖެހޭ،" 

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު 

ޑރ. މުއިއްޒު ވިދާޅުވީ އިސްލާމް ދީނާއި ދިވެހި ބަހަކީ ގައުމިއްޔަތާ އެންމެ ބޮޑަށް ގުޅިފައިވާ ދެ އަސާސް ކަމަށެވެ. ގައުމުގެ މުސްތަގުބަލާއި މިނިވަންކަން ސަލާމަތް ކުރަން ބޭނުންވާނަމަ އިސްލާމް ދީނާއި ދިވެހި ބަސް ހިމާޔަތް ކުރަންޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

"ގައުމުގެ މިނިވަންކަމާ ގުޅިފައި ވަނީ އިސްލާމް ދީން. އިސްލާމް ދީނާއި, ދިވެހި ބަހާ ހިމާޔަތްކޮށްގެން ގައުމުގެ މުސްތަގުބަލު ސަލާމަތްކުރެވޭނީ, އަމާން ކުރެވޭނީ, އުޖާލާ ކުރެވޭނީ" 

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު 

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ, ޕީޕީއެމް ނޫނީ މިނިވަންކަމާއި ގައުމިއްޔަތު ހިމާޔަތްކޮށްދޭނެ ޕާޓީއެއް ދިވެހިރާއްޖޭގައި ނެތްކަމަށެވެ. އެހެންކަމުން ގައުމު ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ ޕީޕީއެމަށް ވެރިކަން ހަވާލު ކޮށްގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އެހެން ނޫނީ މިފެންނަ ގޮތަށް ކަންކަން ދާން ދޫކޮށްލާފިއްޔާމު ތާއަބަދަށް ގައުމުގެ މިނިވަންކަމާއި ގައުމީއްޔަތު އޭގެ ހަގީގީ މާނާގައި އެ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުލިބޭނެ." 

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު 

މުޢިއްޒުގެ އިތުރުން އިސްލާމް މާއްދާ އިނގިރޭސި ކުރަން ރައީސް ޞާލިހުގެ މެނިފެސްޓޯ ގައި ހިމަނާފައިވާތީ ދީނީ ޢިލްމުވެރިންވެސް އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން، އެފަދައިން ކަން ކޮށްފިނަމަ، ބޭރުގެ ޣައިރު މުސްލިމުންނާއި، ތަފާތު ފިރުގާ ތަކުގެ މީހުން އިސްލާމްދީން ކިޔަވައި ދިނުމަށް ގެންނާނެ ކަމުގެ ބިރު އޮތް ކަމަށް ޢިލްމުވެރިން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.