ޑރ މުއިއްޒު ދިވެހީންގެ ރާއްޖެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Aug 2023 | 08:47
20 އަހަރަށް އަމާޒުކޮށް 65,000 ގެދޮރު ޔަގީން ކުރާނަން: މުޢިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ހިމަނާފައިވާ ގެދޮރުވެރިކަމާއި އާބަނައިޒޭޝަން ސްކީމުގައި ހިމެނޭ މުހިންމު ކަންކަން އާދިއްތަ ދުވަހުގޭ ވަނީ އިފްތިތާހުކޮށްފަ އެވެ.

ދިވެހީންގެ ރާއްޖެ މެނިފެސްޓޯ އިފްތިތާހު ކުރުމުގެ ޚާއްސަ ޖަލްސާ ބާއްވާފައިވަނީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ބޯހިޔާވަހިކަމުގެ އާ މަންޒިލެއްގެ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކާ ހިޔާ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓުތަކެއް ޤާއިމްކޮށްފައިވާ ސަރަހައްދުގަ އެވެ. 

މި ޖަލްސާއަކީ ފަހުގެ ތާރީހެއްގައި ބޭއްވުނު އެންމެ ބޮޑު، އެންމެ ގިނަ އަދަދަކަށް މީހުން ހާޒިރުވި ޖަލްސާ ކަން ފާހަގަކޮށްލަންޖެހެއެވެ. 

ދިވެހީންގެ ރާއްޖެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ

ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ހާމަކޮށްދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށް ގެންގުޅުއްވާނީ "ޓޯޓަލް ސޮލިއުޝަން" ސިޔާސަތެއް ކަމަށެވެ.

އެއީ އަސާސީ ހައްގެއް ކަމަށާއި، ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ބޯހިޔާވަހިކަން ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، މެނިފެސްޓޯގައި އެކަން ކުރައްވާނެ ގޮތް ވަރަށް ތަފްސީލުކޮށް ހިމނުއްވާފައިވާ ވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި:

1. 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުން

2. އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް ފަސޭހައިން ދައްކާ ޚަލާސްކުރެވޭ ގޮތަށް 5 އިންސައްތައިގެ އިންޓްރެސް ރޭޓުގައި ގެދޮރުވެރިކަމުގެ ބޭންކު ލޯނު ހަމަޖައްސައިދިނުން

3. ގެދޮރު އިމާރާތްކުރަން ފަށާ، ނުނިމި ހުރި ނުވަތަ ހުއްޓިފައި ހުރި މަސައްކަތްތައް ކުރުމަށް ފަސޭހަ ބޭންކު ލޯނު ހަމަޖައްސައިދިނުން

4. ސޯޝަލް ހައުސިންގ ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުން

5. އަލަށް ގެދޮރު ބޭނުންވާނެ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ފޯމު ހުށަހެޅުމަކާ ނުލައި، ބޯހިޔާވަހިކަން ލިބޭނެގޮތް ހެދުން

6. ބިންވެރިޔާ ޕްރޮގްރާމުގެ ތެރެއިން ގޯތި ލިބޭނެކަމަށްބުނެ ލިބުނު ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް، ސަރުކާރުގެ ޚާއްޞަ ސްކީމެއްގެ ދަށުން، އެގޯތިތަކުގައި ގެދޮރު އިމާރާތްކޮށްދީ އެފަރާތަކަށް ލިބުނު ގޯތި، ނިމިފައިވާ އާ ގެއަކާއެކު، ޙަވާލުކުރެވޭނެ މަގުފަހިކޮށްދިނުމާއެކު، ދެވުނު ގޯއްޗަކީ ހުސްބިމެއް ނުވަތަ އަދި ނުހިއްކާއޮތް ފަޅެއްގެ ބައެއްގެ ގޮތުގައި އޮތުން ބަދަލުކޮށް، ގޯތި ލިބުނު ރައްޔިތުންނަށް ޤެދޮރުވެރިކަމުގެ ހަޤީޤީ އުފާވެރިކަން ކަށަވަރުކޮށްދިނުން

ދިވެހީންގެ ރާއްޖެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ

7. ވިލިމާލޭގައި 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިންގުން

8. އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމެނުން

9. އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 1,000 އެޕާރޓްމެންޓް ހިމެނުން

10. އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 500 އެޕާރޓްމެންޓް ހިމެނުން

11. މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދިނުން

12. 2018 ގައި ޝާއިޢުކުރެވުނު ހިޔާ ފްލެޓުން އެޕާޓްމަންޓް ޙައްޤުވާ ފަރާތްތަކުގެ އަސްލު ލިސްޓުގައި ހިމެނި، އެހެންނަމަވެސް ނިމެމުން މިދާ ސަރުކާރުން ފްލެޓް ނުދީ އެލިސްޓުން އުނިކުރި ހުރިހާ ފަރާތްތަކަށް، އެންމެ އަވަހަށް ޤާއިމުކުރެވޭ ސޯޝަލް ހައުސިންގ މަޝްރޫޢުގެ ތެރެއިން ފްލެޓް ދިނުން

ދިވެހީންގެ ރާއްޖެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ

13. ނިމެމުންމިދާ ސަރުކާރުން ރައްޔިތުންނަށް ގޯތި ނުވަތަ ފްލެޓު ލިބޭނެކަމަށް ލިޔުން ދީފައިވާ އެއްވެސް ފަރާތެއް އުނި ކުރުމެއްނެތި، އެފަރާތްތަކަށް ގޯއްޗާއި ފްލެޓް، އެތަނަކުން އެމިންގަނޑަށް ލިބޭނެކަން ޔަޤީންކުރުން

14. މިހާރުން މިހާރަށް ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ރަށްތަކަށް ޚާއްޞަކޮށްގެން، ގެދޮރު އިމާރާތްކުރުމުގެ (ރޯހައުސް ނުވަތަ އެޕާޓްމަންޓް ވިޔަސް) ޤައުމީ މަޝްރޫޢެއް ހިންގުން

15. މާލޭގައި ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ލޭންޑްސްކޭޕްކޮށް މާލެއަށް ހިތްފަސޭހަކަން އިތުރުކުރުން

16. ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ މަޢާފުކޮށްދިނުން

17. މާލޭގައި ހުރި، އެދެވޭގޮތުގައި ބޭނުންނުހިފާ ބިންތައް ހުސްކޮށް 2000 ހައުސިންގ ޔުނިޓު ޤާއިމުކޮށް، ފުލެޓަށް އެދޭ މާލެ ސިޓީގެ ރަށްވެހިންނަށް ފޯރުކޮށްދިނުން

18. ވިލިމާލޭގައި ޢާންމު ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުން

19. ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް އިތުރު ފައިސާ ހޯދުމުގެ މާތް ނިޔަތުގައި، ހުރިހާ ސިޓީއެއްގައި ވަޤްފު ބިންތައް އިތުރުކުރުން

20. ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރުން

ދިވެހީންގެ ރާއްޖެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ

މި ކަންކަމުގެ އިތުރުން ވެސް ބޯހިޔާވަހިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ކަށަވަރުކުރުމަށް "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާނެކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އިޤްތިޞާދީ ހަބުތަކެއް ތަރައްގީކުރުމާއި، މާލެ ސަރަހައްދުގެ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނައުމަށް ޕާކުތަކާއި، މަގުތައް ހެދުން ފަދަ ޕްލޭނުތައް އެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނެސްދެވޭނީ ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން ކަމަށެވެ. "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯއަކީ އެ ޙައްލުކަމަށާއި، ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ރާއްޖެއަށް ގެންނަން ބޭނުންވާ އެ ބަދަލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ޑރ މުއިއްޒު ވަނީ ދެއްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.