ޑރ މުއިއްޒު މެނިފެސްޓޯ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Aug 2023 | 10:13
ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މި ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެނިފެސްޓޯ "ދިވެހީންގެ ރާއްޖެ" އިފްތިތާހުކޮށް، އެ މެނިފެސްޓޯގެ ދަށުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރައްވާނެ ކަންކަން އިއުލާނުކުރުމަށް އާދިއްތަ ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އަކީ މާލެ ސިޓީގެ ތަންތަން ކަމަށެވެ. އެހެން ނަމަވެސް ހުޅުމާލޭގެ ކަންކަން މިހާރު ހަވާލުވެފައި އޮންނަނީ ސަރުކާރު ކުންފުންޏަކާއި ކަމަށެވެ. އެކަމުގެ ސަބަބުން ހުޅުމާލެ ސިޓީގެ ކަންކަން ބަލައި، އެ ސިޓީގެ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

"ހުޅުމާލެ ކުންފުއްޏެއްގެ ދަށުގައި އޮތުމުން ހުޅުމާލެ ރައްޔިތުންނަށް މުނިސިޕަލް ހިދުމަތް ހޯދުމުގައި އަޅައެއްނުލާ. މީހުންނާއި ދޭތެރޭގައި ކަންތައް ކުރަމުންދަނީ ބޭނުން ގޮތަކަށް ވިޔަފާރި އުސޫލުން"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު މާލޭ ސިޓީގެ މޭޔަރަށް ހޮވިވަޑައިގަތުމާއި އެކު، ހުޅުމާލޭގެ ރައްޔިތުންގެ އެދުމާއެކު ވަނީ އެ ސިޓީގެ ކަންކަން ކައުންސިލްގެ ދަށަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި ދަންނަވާފަ އެވެ. އެހެން ނަމަވެސް މިހާތަނަށް ސަރުކާރުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.

ޑރ މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ކަންކަން ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށެވެ. 

ހުޅުމާލެ ސިޓީއަކީ ވެސް މާލޭގެ ބަޔަކަށް ވުމުން، މިހާރު އެތަން ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް އޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ބަދަލުކޮށް، އެތަން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ގެންނާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެއާއެކު ހުޅުމާލެ ސިޓީގެ މުނިސިޕަލް ކަންކަން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުން ގެންދާނެ ކަމަށާއި، އޭރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ދިމާވާ ދަތިތަށް ޙައްލުވެގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.