ތުޅާދޫއިން ޕީޕީއެމް އެކްތިވިސްޓަކު ހައްޔަރުކުރަނީ. ފޮޓޯ:ވަގުުތު
ހަބަރު
21 Aug 2023 | 17:06
އިދިކޮޅު އިހްތިޖާޖަށް ފުލުހުން ހުރަސްއެޅުމުގެ ތެރެއިން ގެއްލުން ލިބުނު ތަކެތީގެ ބަދަލު ދިނުމަށް ގޮވާލައިފި!

ބ.ތުޅާދޫ ގައި އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން ތަކެއް ހައްޔަރުކުރި ކުރުން އެޕާޓީއިން ކުށްވެރިކޮށްފިއެވެ.

ބ.ތުޅާދޫ ޙަރަކާތަށް ސަރުކާރުން ހުރަސް އަޅާ ބައިވެރިންނަށް އަނިޔާކޮށް، ތަކެއްޗަށް ގެއްލުންދީ އެތައް ބަޔަކު ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް ޕީޕީއެމުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

އެބަޔާނުގައި ބުނެފައިވަނީ މިއަދު ބ. ތުޅާދޫގައި ކުރިއަށް ގެންދެވުނު ސިޔާސީ ޙަރަކާތަކަށް ސަރުކާރުން ހުރަސްއެޅުމުގެ ގޮތުން ފުލުހުން ފޮނުވާ، ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވުނު ޙަރަކާތަށް ހުރަސްއަޅާ، ތަކެއްޗަށް އެކިވަރުގެ ގެއްލުން ދިނުމުގެ އިތުރުން، އެތައް ރައްޔިތުންނަކަށް އަނިޔާކޮށް އަދި ބައެއް ބައިވެރިން ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި ތުޅާދޫގައި ހިންގި ސިޔާސީ ޙަރަކާތަކީ، އެކޯލިޝަންގެ ލީޑަރ އަދި ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސިޔާސީ ނުފޫޒުން ޙައްޤު ނޫން ޙުކުމެއްޖަހައި، އެމަނިކުފާނަށް ސަރުކާރުން ވަމުންދާ އަނިޔާއާއި ދެކޮޅަ އަޑުއުފުލާ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވުނު ޙަރަކާތެއް ކަމަށްވެސް އެބަޔާނުގައި ވެއެވެ.

"ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކަށް އަނިޔާވެރިވެ އެމީހުން ގެންގުޅޭ ތަކެއްޗަށް ގެއްލުންދީ އެވެސް ކުށެއްނެތި ހައްޔަރުކުރުމަކީ މިކޯލިޝަނުން ބަލައިގަންނަ ކަމެއް ނޫން އަދި އެއީ ޑިމޮކްރަސީގެ ރޫޙާއިވެސް ޚިލާފަށް ހިންގާ ޖަރީމާއެއްކަމުގައި ދެކެން" ޕީޕީއެމުން ބުނެފައިވެއެވެ.

ޕީޕީއެމުން ގޮވާލައިފައިވަނީ ޙައްޔަރުކޮށްފައިވާ އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށެވެ. އަދި ޙަރަކާތަށް ހުރަސް އެޅުމުގައި، ފުލުހުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން ގެއްލުން ލިބުނު ތަކެތީގެ ބަދަލު ދިނުމަށް ގޮވާލައިފައިވެއެވެ. ހަމައެއާއެކު ޣައިރު ޤާނޫނީ ޢަމުރުތަކަށް ކިޔަމަން ނުވަމަށް އެބަޔާނުގައި ފުލުހުންނަށް ނަސޭޙަތްތެރިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.