މިރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ
ހަބަރު
22 Aug 2023 | 09:09
ތަރައްޤީގައި ރަށްތައް އިސްފަންވަނީ ކުރީ ސަރުކާރުން އެ ރަށްރަށް ބާކީކުރުމުން: ރައީސް ޞާލިޙް

މި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ބައެއް ރަށްރައް އިސްފަސްވަނީ ކުރީ ސަރުކާރުން އެފަދަ މަޝްރޫއުތައް ހިންގުމުގައި މާބޮޑަށް އެ ރަށްތައް ބާކީކޮށްފައި ހުރުމުން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙް ވިދާޅުވެއްޖެއެވެ.

ބ ތުޅާދޫގައި މިރޭ ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކޮންމެ ރަށަކުންވެސް އެރަށެއްގެ ރައްޔިތުން ބޭނުންވާނީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް އެންމެ ފުރަތަމަ އެ ރަށެއްގައި ހިންގައި ނިންމުމަށް ކަމުގައެވެ. 

އެހެން ނަމަވެސް އެފަދަ މަޝްރޫއުތައް ކުރިއަކަށް ގެންދިއުން އިސްފަސްވަނީ އިހުގެ ސަރުކާރުން އެރަށްތައް ބާކީކޮށްފައި އޮތުމުން ކަމުގައި ފާހަގަކުރައްވާ ރާއީސް އިތުރަށް ވިދާޅުވީ، ތަރައްޤީގައި ހާއްސަ އިސްކަމެއް ދޭންޖެހޭ ބައެއް ދާއިރާތައް ބައެއް ރަށްރަށުގައި އެބަ ހުރިކަމުގައެވެ. 

އެހެންނަމަވެސް އަޅުގަޑުމެންގެ މި ޕްރޮގްރާމް ނިމޭއިރު އެއްވެސް ރަށެއްގައި ފުރިހަމަ ނުވާ ދާއިރާއެއް ނޯންނާނެ

ރައީސް ޞާލިހު 

މީގެ އިތުރުން ރައީސްގެ ވާހަކަ ފުޅުގައި ވިދާޅުވީ ބ އަތޮޅަށް ކުރެއްވި ދަތުރުން ރިޔާސީ އިންތިހާބަށް އެ އަތޮޅުގެ ރައްޔިތުން ތައްޔާރުވެފައިވާ މިންވަރު ހާމަވެގެން ގޮއްސި ކަމަށާއި ފެނިވަޑައިގަންނަވީ އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަނުން ބޮޑުތަނުން މި އިންތިހާބު ކާމިޔާބު ކުރާތަންކަމުގައެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރާއްޖޭގެ ގިނަ ރަށްތަކަކަށް ރާއީސް ޞާލިހާއި ކެމްޕެއިން ޓީމުން އަންނަނީ ދަތުރު ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ކޮންގްރެސްގެ އެތެރޭގެ އިންތިހާބު: 33،000 މެންބަރުން ވޯޓް ލި
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 69,000 މެންބަރުންގެ ތެރެއިން 40,000 މެންބަރުންނަށް ލިބިފައި އޮތެވެ. ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހިސާބުތައް ދައްކާ ގޮތުން މިއަދުގެ އިންތިހާބުގައި 85 އިންސައްތަ މެންބަރުން ވަނީ ވޯޓްލާފަ އެވެ.
11 Jul 2026
ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު: ރައީސް
އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ