މުއިއްޒު ކެނދިކުޅުދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
24 Aug 2023 | 12:36
ކެނދިކުޅުދޫ ބަނދަރު ހަދައިދީ "އިކޯ ޓުއަރިޒަމް" ތައާރަފް ކުރާނަން: ޑރ މުއިއްޒު

ކެނދިކުޅުދޫގެ ބަނދަރު ހަދައިދީ އެ ރަށަކީ "އެކޯ ޓުއަރިޒަމް" ގެ މަންޒިލަކަށް ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮނގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިހާރު އެމަނިކުފާނު ނ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ކެނދިކުޅުދޫ ފަދަ ބޮޑު ރަށެއްގައި އެންމެ ބަނދަރެއް އޮތުމަކީ ރައްޔިތުންނާއި، ރަށަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް އެކިވަރުގެ ތަކުލީފުތައް އުފުލަންޖެހޭ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެހެންކަމުން ކެނދިކުޅުދޫގެ ބަނދަރު ބޮޑުކޮށް އަދި އިތުރު ބަނދަރެއް ހެދުމަކީ ކޮށްދެއްވާނެ ކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"މީ ވަރަށް ބޮޑު ރަށެއް. ގާތްގަނޑަކަށް 4.7 ކިލޯ މީޓަރު ދިގުމިނުގައި ހުންނަ ރަށެއްގައި އެންމެ ބަނދަރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތެއްކަމަކަށް ނުފެނޭ. ދެ އަވަށަށް ދެ ބަނދަރު އޮވެއްޖެއްޔާ އެންމެ ފަސޭހަވާނީ، އެހެންވީމަ އެގޮތަށް މަޝްރޫއު ރާވާނެ ވާހަކަ ދަންނަވަން"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ ކެނދިކުޅުދޫއަކީ ގުދުރަތީގޮތުން ރީތި ރަށެއް ކަމަށެވެ. އެ ރަށުގެ ރީތިކަން ނަގާނުލާ އެރަށުގައި ލޯކަލް ޓުއަރިޒަމް ތައާރަފުކޮށް އެ ދާއިރާ ފުޅާކުރެވިއްޖެ ނަމަ އެ ރަށް ވެގެންދާނީ ފަތުރުވެރިން ޒިޔާރަތްކުރާ ހިތްވާ ކަހަލަ މަންޒިލަކަށްކަމަށް ދެކެވަޑައިގަންނަވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރަށްތަކުގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ރަށްތަކުގެ ރީތިކަން ފެންނާނެހެން ފަތުރުވެރިކަމުގެ ކަންކަން އެ ރަށްތަކުގެ ފުޅާކުރުމަށް ގެންގުޅޭ ވިސްނުންފުޅުގެ ތެރެއިން "އެކޯ ޓުއަރިޒަމް" ކޮންސެޕްޓު ކެނދިކުޅުދޫ އަށް ތައާރަފުކޮށް އެ ރަށަކީ އެކޯ ޓުއަރިޒަމްގެ މަންޒިލެއްގެ ގޮތުގައި ހައްދަވާދެއްވާނެ ކަމަށެވެ. 

ކެނދިކުޅުދޫ ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ

"ތިމާވެށި އެންމެ ރަނގަޅަށް ބެލެހެއްޓިގެންދާ ގޮތަށް ޓުއަރިޒަމްގެ މަޝްރޫއެއް، އިކޯ ޓުއަރިޒަމް ޚާއްސަގޮތެއްގައި އިކޯ ޓުއަރިޒަމް އޭގައި ހިމެނޭގޮތަށް، ޒުވާނުންނާއި ރަށުގެ ރައްޔިތުންނަށް އިންވެސްޓުކުރެވޭނެ ފަސޭހައިން ލޯނު ލިބިގެން ފަސޭހައިން ފައިސާ ލިބިގެން އިންވެސްޓު ކުރެވޭނެ ގޮތަށް ފަހިވާގޮތަށް އިކޯ ޓުއަރިޒަމް މި ރަށުގައި ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތު ރަށުގައި ފުޅާކުރުން ވެގެންދާނީ ރަށުގެ ޒުވާނުންނަށް ބޭނުންވާ ވަޒީފާތައް ވެސް އުފެދިގެންދާނެ ކަމެއް ކަމަށެވެ. އޭރުން ރަށުގައި ތިބެގެން އެކަށީގެންވާ އާމްދަނީއެއް ލިބޭނެ މަގުފަހިވެގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ބަނދަރު ހެދުމާއި އިކޯ ޓުއަރިޒަމް ތައާރަފްކުރުމުގެ އިތުރުން، ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ޑރ މުއިއްޒު ވަނީ ދެއްވާފަ އެވެ. 

އޭގެ އިތުރުން، ސުކޫލު ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ބަހުގެ ޚިދުމަތް ފުޅާކުރާނެ ކަމަށާއި، ދެން ވެސް ކެނދިކުޅުދޫގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.