އަބްދުއްރަހީމް ކެނދިކުޅުދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
24 Aug 2023 | 13:40
ރައީސް ޞާލިހު ހުންނެވީ ވާނުވާގައި، ޤައުމު ހަވާލުކުރަން ހެޔޮނުވާނެ: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހުންނަވަނީ ވާނުވާގައި ކަމަށާއި، އެމަނިކުފާނު އެ ހާލުގައި ހުންނަވަނިކޮށް ގައުމުގެ ހިންގުން ހަވާލުކުރަން ހެޔޮނުވާނެކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ކެނދިކުޅުދޫގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިހު ރަށްތަކަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ ސަރުކާރުން އެތައް މަޝްރޫއެއް ހިންގާފައިވާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ވެލެއްވި ވައުދުތަކުގެ ބޮޑުބައި ފުއްދަވާދެވިއްޖެކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. 

އެހެން ނަމަވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކެމްޕޭނަށް ހަމަ އެރަށްތަކަށް ވަޑައިގަތުމުން ރައްޔިތުން ފާޅުކުރަމުންދަނީ ތަފާތު ޝުއޫރުތަކެއް ކަމަށާއި، ރަށްރަށުގައި މަޝްރޫއުތައް ނުހިންގާކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުންދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ހަމަ ކޮންމެ ރަށަކަށް ދިޔައިމަ މި ވިދާޅުވަނީ ނަރުދަމާގެ މަސައްކަތް ފަށާފައި އޮންނަތާ 4 އަހަރު ވެއްޖެޔޭ، އެ މަސައްކަތެއް ނުނިމެޔޭ. ބަނދަރުގެ މަސައްކަތް ފަށާފައި އޮންނަތާ 4 އަހަރު ވެއްޖެޔޭ، އެ މަސައްކަތެއް ނުނިމެޔޭ. މަގުތަށް ވެލާއަރާ ހާވާލާހެން ހާވާލާފައި އޮންނަތާ 4 އަހަރު ވެއްޖެޔޭ، އެކަމެއް ނުނިމެޔޭ. މިހެން ގޮސް ނުނިމޭ ނުނިމޭ ގިނަ މަޝްރޫއުތައް ހުރީ. ދެން އަނެއްބައި މަޝްރޫއުތައް ހުރީ އަންނަނީ އަންނަނީގައި"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އެ ވާހަކައާއި ގުޅުވާ އަބްދުއްރަހީމް ވިދާޅުވީ ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާއިރު ރަށްރަށުގައި މަޝްރޫއުތައް ނުހިނގާކަން ވެސް ރައީސް ޞާލިހަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަށް ކުޑަމިނުން ކަންކަން ނޭނގޭކަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. 

އެއީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، ގައުމު މިހާރު މި އޮތީ ވާނުވާގައި ހުންނަވާ ބޭފުޅަކާއި ހަވާލުކުރާ ހިސާބަށްވުރެ މާ ނާޒުކު ހާލަތެއްގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ރައީސް ޞާލިހު މި އުޅުއްވަނީ ވާ ނުވާގައި. އެހެން ނޫނީ ރައީސް ޞާލިހަށް އެނގިވަޑައިގަންނަވަން ވާނެތާ އޭނަގެ ސަރުކާރުން ފައްޓާފައި ހުރި މަސައްކަތްތައް ނިމުނިއްޔާ ނިމުނުކަން، ނުނިމެންޏާ ނުނިމޭކަން. އެވަރު ނޭނގޭނީ ވާނުވާގައި ހުރީމަތާ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އެކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މިހާރު ގައުމުގެ ހާލަތަށް ބަލާއިރު، ވެރިކަން ހަވާލުކުރުމަށް ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުކަމަށެވެ. 

އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިއްޕަވާ މި ރިޔާސީ އިންތިޚާބު އެއްބުރުން ޑރ މުއިއްޒަށް ކާމިޔާބުކޮށްދީ "ދިވެހީންގެ ރާއްޖެ" ދިވެހީންނަށް އަނބުރާ ހޯދުމުގެ މަސައްކަތް އެމަނިކުފާނާއި ހަވާލުކުރުމަށް އަބްދުއްރަހީމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.