މުއިއްޒު މަނަދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
24 Aug 2023 | 16:53
އިޚްލާސްތެރިކަމާއެކު ވެރިކަން ކުރި ނަމަ ރައްޔިތުން ޝަކުވާކުރާކަށް ނުޖެހުނީސް: ޑރ މުއިއްޒު

އިޚްލާސްތެރިކަމާއެކު ވެރިކަން ކުރެއްވި ނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމެންދާއިރު، ވައުދުތައް ނުފުއްދައިގެން ރައްޔިތުން ޝަކުވާކުރަން ނުޖެހުނީސް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ނ އަތޮޅަށް އެމަނިކުފާނު ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ނ އަތޮޅު މަނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ މަނަދޫފަދަ އާބާދީއަކަށް، އަދި ސަރަހައްދުގައި ފާހަގަކޮށްލެވޭ މުހިންމު ރަށަކަށް ސަރުކާރުން ވަރަށް ބޮޑަށް އިހުމާުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން މަނަދޫގައި އަސާސީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްނުދެވި ހުރުމުގެ ޝަކުވާތައް ރައްޔިތުން އުފުލަމުންދާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް އެފަދައިން ޝަކުވާ ކުރަން ޖެހެނީ އިޚްލާސްތެރިކަމާއެކު ވެރިކަން ކޮށްދެވިފައި ނުވާތީ ކަމަށެވެ. 

"މަގުހެދުމުގެ މަޝްރޫއެއް ބަޔަކާއި ހަވާލުކޮށްފައި އޮތް ވާހަކައާއި، ނަރުދަމާގެ ނިޒާމުގައި ހުރި އެކި ކަހަލަ ދޯހަޅި މައްސަލަތާއި، ހައުސިން ޕްރޮޖެކްޓެއް ހިންގުމުގައި ކަންތައްތައް ހިނގާ ގޮތާއި، މިފަދަ އެތައް ކަމެއް ފާހަގަކުރައްވައިފި. އެއީ ހަގީގަތުގައި ރައްޔިތުންނަށް ރަނގަޅު އިޚްލާސްތެރި މި ސަރުކާރުން ކުރައްވާނަމަ އެގޮތަށް ނުދާނެ ކަންކަން ކަން ޔަގީން... މި ރަނގަޅަށް ކުރެވިފައި ހުންނަން ޖެހޭނެ ކަންތައްތައް"

ޑރ މުހައްމަދު މުއިއްޒު 

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވަނީ މަނަދޫގެ ރައްޔިތުންނަށް ކޮށްދެއްވާނެ މުހިންމު ކަންކަން ހިއްސާކުރައްވާފަ އެވެ. އެގޮތުން މަނަދޫއަށް ކޮށްދެއްވާނެ ކަންކަމުގެ ގޮތުގައި ޑރ މުއިއްޒު ވިދާޅުވީ:

1. މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން 

2. ފެންވަރު ރަނގަޅު ނަރުދަމާގެ ނިޒާމެއް ގާއިމްކުރުން 

3. ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ހޮސްޕިޓަލު އަޕްގްރޭޑްކުރުން 

4. ބޯހިޔާވަހިކަމަށް ހައުސިން މަޝްރޫއެއް ހިންގުން 

5. ވޮލީ ކޯޓު އަދި ފުޓުބޯޅަ ދަނޑު އަޅައިދިނުން 

6. ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުން 

ޑރ މުއިއްޒު އިތުރަށް ވިދާޅުވީ މަނަދޫއަށް ޚާއްސަކޮށްގެން ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކުގެ އިތުރުން، ރާއްޖޭގެ ތަރައްގީއަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެކުލަވާލާފައިވާ ސިޔާސަތުގެ ތެރެއިން ވެސް މަނަދޫގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ސިޔާސަތުތައް ތަންފީޒުކުރައްވާނީ ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް މަންފާ ލިބިގެންދާނެ ގޮތަށް ކަމަށެވެ. 

އެހެންކަމުން، ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރައްވާ އެއްބުރުން މި އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކާމިޔާބުކޮށްދިނުމަށް، މަނަދޫގެ މެޖޯރިޓީ އެ ކޯލިޝަނަށް ހޯއްދަވާދެއްވުމަށް ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.