އަބްދުއްރަހީމް ހޮޅުދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
24 Aug 2023 | 19:49
ރައީސް ޞާލިހު ބަލި ގަބޫލުކޮށްފި، ރަނގަޅުވާނީ ނަން އަނބުރާ ގެންދިއުން: އަބްދުއްރަހީމް

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިކުމެ ވަޑައިގެން ހުންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބަލި ޤަބޫލުކުރައްވައިފި ކަމަށާއި، ދެން އެންމެ ރަނގަޅުވާނީ އިންތިޚާބުން ނަންފުޅު އަނބުރާ ނެންެވުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު އެންޑޯސްކުރެއްވި ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ނ އަތޮޅަށް ކުރައްވާ ރިޔާސީ ކެންޕޭނު ދަތުރުފުޅުގައި ނ ހޮޅުދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ.

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ދެން ސަރުކާރާއި ހަވާލުވާން ތިބި މީހުން އިންޑިއާ ސިފައިންގެ ވާހަކަ ނުދެއްކުމަށް ރައީސް ޞާލިހު ވިދާޅުވެފައިވާ ކަމަށާއި، އެ މޭރުމުން އެ ވާހަކަދެއްކުމަކީ ޚުދު އެމަނިކުފާނަށް މި އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ކަށަވަރުކުރެވޭތީ ބަލި ގަބޫލުކުރުން ކަމަށެވެ.

"ދެންމެ ނޫސް ބަލާލިއިރު ވަރަށް އުފާވެރި ޚަބަރެއް ފެނުނު. އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވަނީ މާދަމާ ވެރިކަމާއި ހަވާލުވާން ތިބި ބަޔަކު ކީއްކުރަންތޯ އިންޑިއާ ސިފައިންގެ ވާހަކަ ދައްކަނީ؟ އެހެންވީމަ ފުރަތަމަ ފަހަރަށް އިބްރާހިމް މުހައްމަދު ޞާލިހު އެއްބަސްވެވަޑައިގެންފި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނީ ޕީޕީއެމް ޕީއެންސީން ކަމަށް"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ ކޮންމެ އަހަރެއްގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ބާއްވާ ރިޔާސީ ބަހުސުގައި ވެސް އިބްރާހިމް މުހައްމަދު ޞާލިހަށް ބައިވެރިވެވަޑައިގަންނަވަން ކެރިވަޑައިނުގެން އުޅުއްވާކަމަށެވެ. އަދި އެ ބަހުސުގައި ޑރ މުއިއްޒާއި ބަހުސްކޮށްލަން ކެރިވަޑައިނުގެން އުޅުއްވަނީ އިންތިޚާބުން ބަލި ގަބޫލުފުޅު ކުރައްވައިގެން ހުންނަވާތީ ކަމަށާއި، ބަލި ގަބޫލުކުރައްވާއިރު ދެން އެންމެ ރަނގަޅުވާނީ އިންތިޚާބުން ނަންފުޅު އަނބުރާ ގެންދެވުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ހޮޅުދޫ ޖަލްސާގައި ވާހަކަދައްކަވަނީ

"އަމިއްލަފުޅަށް ބަލި ގަބޫލުކުރެއްވިއްޔާ އެންމެ ރަނގަޅުވާނީ އަސްލު އިންތިޚާބުން ނަން އަނބުރާ ގެންދެވުން"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ ދިވެހީން ތިބީ ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލާ، މިތަނުގައި އިންޑިއާ ސިފައިން ތިބުމަށް ޖާގަދިން މީހުންނަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭ ގޮތަށް ނޫންކަން ރައީސް ޞާލިހަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ރައީސް ޞާލިހު އުންމީދުކޮށްގެން ހުންނެވީ ރައީސް ޔާމިނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނަގާލެއްވުމުން ފަސޭހައިން އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމަށް ކަމަށެވެ.

އެހެން ނަމަވެސް ރައީސް ޔާމިނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލި ހިސާބުން އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަން ތަމްސީލު ކުރައްވާނެ ކެންޑިޑޭޓެއް ދެއްކި ހިސާބުން ރައީސް ޞާލިހު މިހާރު ހުންނެވީ ވަރަށް ބޮޑަށް ޖެހިލުންވެފައިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެއާއެކު އަބްދުއްރަހީމް ވަނީ މި އިންތިޚާބުން ރައީސް ޞާލިހު ލަދުފުޅުގަންނަ ވަރުގެ ބޮޑު ތަފާތަކުން ބަލިކުރުމަށް ރައްޔިތުން ވަރުގަދައަށް ކެމްޕޭނު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.