ވެލިދޫގައި އޮތް ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
25 Aug 2023 | 06:11
ވެލިދޫގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓެއް އަޅާނަން: ޑރ މުއިއްޒު

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ކުރާނެ މަސައްކަތްތަކުގެ ތެރެއިން ނ ވެލިދޫގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް އަޅުއްވާނެކަމަށް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވަނީ ނ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ނ ވެލިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ހައްލުކުރަން ޖެހިފައި އޮތް އެހެން ނަމަވެސް އެކި ސަބަބުތަކާއި ހުރެ މިހާތަނަށް ހައްލު ނުވެ އޮތް ބޮޑު މައްސަލައެއް ކަމަށެވެ. 

އެހެން ނަމަވެސް އެ މައްސަލައަކީ އިންތިޚާބަކާއި ދިމާކޮަށް ޕޯޑިއަމެއްގައި ދައްކާ ވާހަކައަކުން އެކަނި ޙައްލުކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި އެއީ ސަރުކާރަކަށް އެކަނި ހައްލުކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އެއާއެކު ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުމާއި، އެހީތެރިކަމާއެކު ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުރާއިރު، ސަރުކާރަށް ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތައް ހުރިކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. 

އެގޮތުން ޑްރަގުގެ ވަބާގައި ޖެހިފައިވާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި މިހާރު ގާއިމްކުރެވިފައިވާ ރިހިބިލިޓޭޝަން ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރެވި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއެކު ފަރުވާދޭނެ ސެންޓަރުތަކެއް ޤާއިމްކުރުން މުހިންމުކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އކި ސަރަހައްދުތަކުގައި އެފަދަ ސެންޓަރުތައް އަޅުއްވާދެއްވާނެ ކަމަށެވެ. އަދި ނ ވެލިދޫއަކީ ވެސް ރިހިބިލިޓޭޝަން ސެންޓަރު އަޅާނެ ރަށެއްގެ ގޮތުގައި ހައްދަވާނެކަމަށެވެ. 

"އެކި ސަރަހައްދުތަކުގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތަކެއް ގާއިމްކުރާނަން. އެގޮތުން ވެލިދޫއަކީ ވެސް އެފަދަ ރިހިބިލިޓޭޝަން ސެންޓަރެއް އަޅާނެ ރަށެއްކަމުގައި ކަނޑައަޅާނަން"

ޑރ މުހައްމަދު މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނަކީ ކުށްވެރިންކަމަށް ނިންމާ ބާކީ ކުރުމުގެ ބަދަލުގައި މަަސައްކަތްޕުޅު ކުރައްވާނީ އެމީހުން އަނބުރާ މުޖުތަމައަށް ގެނެސް، އެމީހުންނަކީ ވެސް ބޭނުންހިފޭ ބަޔަކަށް ހެއްދެވުމަށް ކަމަށެވެ. 

ފެންވަރު ރަނގަޅު ފަރުވާގެ ނިޒާމުގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އަނބުރާ މުޖުތަމައަށް ގެނެސް، ޑްރަގުގެ މައްސަލައަށް ޙައްލުތަކެއް ހޯއްދަވާދެވިދާނެ ކަމަށް ޤަބޫލުކުރެވޭކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.