މުއިއްޒު ވެލިދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
25 Aug 2023 | 06:13
އަދުލުގެ ނިޒާމު ހަރުދަނާކޮށް ފުރިހަމަ ކަފާލާތުގެ ގާނޫނެއް އެކުލަވާލާނަން: ޑރ މުއިއްޒު

އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ޤާނޫނަކާއި، ނުހައްގުން ޖަލުގައި ބަންދުކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭނެ ގާނޫނެއް އެކުލަވާލާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ނ ވެލިދޫގައި އޮތް ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރައްވާނެ ބައެއް ކަންކަމަށް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ ކަފާލާތުގެ ފުރިހަމަ ޤާނޫނެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި އެކުލަވާލާނެކަމަށެވެ. ކަފާލާތަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެއް ކަމަށާއި، ކުށުގެ ތުހުމަތުކުރެވޭ މަރުހަލާގަޔާއި، އިސްތިއުނާފު މަރުހަލާގައި ކަފާލާތު ލިބުމަކީ ހައްގެއްކަމަށާއި، އެއީ ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ކަފާލާތުގެ ފުރިހަމަ ޤާނޫނެއް އެކުލަވާލައްވާނެ ކަމަށެވެ. 

"ފުރިހަމަ ބެއިލްގެ ގާނޫނެއް ތައާރަފްކުރަން އަޅުގަނޑު ގަސްދުކުރަން. ބެއިލަކީ އިންޓަނޭޝަނަލީ ކޮންމެ ގައުމެއްގައި ވެސް އޮންނަ ފުރުސަތެއް. އެހެންވީމަ ބެއިލް ގާނޫނެއް ތައާރަފްކުރުމާއި އެކީގައި އޭގެން ފުރިހަމަ ނަފާ ލިބޭނެ ގޮތަށް އެކަން ބައްޓަންކުރުމަކީ ޖުޑިޝަލް ދާއިރާ ރިފޯމްކުރުމަށްޓަކައި ހުށައަޅާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް" 

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ޝަރުއީ ދާއިރާއާއި ގުޅުންހުރި ބާބުގައި ވަނީ ކަފާލާތު ގާނޫނަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވާފަ އެވެ. 

އޭގެ އިތުރުން ވާނުވާ ބަންދު ނިމުމަކަށް ގެނެސް ނުހައްގުން ބަންދުކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭނެ ގާނޫނެއް އެކުލަވާލުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައި ވެއެވެ. މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތުން ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ދައުވާކުރެވޭ ގޮތަށް ފުލުހުންގެ މަސައްކަތް އިންތިޒާމުކުރުމަށް ގާނޫނުގައި ހިމަނާނެއެވެ. 

ހަމައެއާއެކު ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ކޯޓުތަކުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ކޯޓުތަކުގެ ވަސީލަތްތައް މިހާރަށްވުރެ ހަރުދަނާކުރައްވާނެކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.