ޑރ މުހައްމަދު މުއިއްޒު
ހަބަރު
25 Aug 2023 | 09:43
ބިދޭސީން އުޅޭ ގިނަ ވަޒީފާތައް މުއިއްޒުގެ ވެރިކަމެއްގައި ދިވެހިންނަށް ހާއްސަކުރަނީ

މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެ ވެރިކަމަށް ވަޑައިގަނެވިއްޖެނަމަ ބިދޭސީ މަސައްކަތްތެރިންގެ މިހާރު މަސައްކަތްކުރަމުންދާ ގިނަ ވަޒީފާތަކަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ވަޒީފާތަކަށް ކަމުގައި ހައްދަވައި ދެއްވާނެ ކަމުގައި، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ނ ވެލިދޫގައި ރޭ ކުރިއަށް ގެންދިޔަ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ދިވެހި ޒުވާނުން ވަޒިފާއަށް ދިއުމަށް ބަލާއިރު ގިނަ ވަޒީފާތަކުގައި ތިބެނީ ބިދޭސީ މަސައްކަތްތެރިން ކަމަށެވެެ. މިސާލެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވީ، މި ދާއިރާގެ އިތުރުންވެސް ދިވެހިން ވަޒީފާ އަދާކުރާ ހިތްވާ ވަޒީފާތައް ހިމެނޭ އިތުރު ދާއިރާތަކުގައިވެސް ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. 

އޭގެ ތެރޭގައި ހެއާ އެންޑް ބިއުޓީ، ރިސޯޓުތަކުގެ މިއުޒިޝަންސް، ބޭންޑްތައް، ކަސްޓަމާ ސާވިސް، ހައުސް ކީޕިން، ފްރަންޓް އޮފީސް، ހިއުމަން ރިސޯސް ޑިޕާޓްމަންޓް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި މާލެ އަށް ބަލާއިރު، ޓެކްސީ ދުއްވުމުގައި ވެސް ބިދޭސީން މަސައްކަތް ކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ދެންނެވި ފަދަ ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ދާއިރާތައް ކަމުގައި ރަސްމީކޮށް ގާނޫނީ ބާރުވެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ކަނޑައަޅައި ދޭނަން. އޭގެ ސަބަބުން ދިވެހިންނަށް އެ ވަޒީފާތައް ޔަގީންވެގެން ދާނެ

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުންވެސް ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ މަހުން އުފައްދާ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް ފަސޭހަކަމާއެކުގައި ބޭރު ދުނިޔޭގެ މާކެޓުގައި އާއި ލޯކަލް މާރުކޭޓުގައި އާއި ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ވިއްކުމަށް ވަރަށް ގިނަ ބަޔަކު ބޭނުންވެފައި ތިބި ކަމަށެވެ. އެހެންކަމުން މިކަމަށް މަގުފަހިކޮށްދިނުމަށަށްސަރުކާރުން އެހީތެރިވެދީގެން ރަސްމީކޮށް އޮންލައިން ޕްލެޓްފޯމެއް ގާއިމުކޮށް ދެއްވާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.