ޑރ މުއިއްޒު ޓެކްސީ ޑްރައިވަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
26 Aug 2023 | 13:08
ޑރ މުއިއްޒު ވިދާޅުވީ ޕާކިން އަދި ގަރާޖު ސިޓީ މައްސަލަ ޙައްލުކުރާނެ ގޮތް!

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ ދަތިކަމުގެ މައްސަލައާއި ވެހިކަލް ގަރާޖެއްގައި ރަޖިސްޓްރީކުރުމަށް މިހާރު އުފުލަންޖެހޭ ތަކުލީފުތަކަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ދާއިމީ ޙައްލު ގެނެސްދެއްވާނެ ގޮތް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު ވަނީ ބައްދަލުކުރައްވާފަ އެވެ. 

އެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ. ޓެކްސީ ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަކަކުރީ ޕާކު ކުރާނެ އެކަށީގެންވާ ޖާގައެއް މާލެ ސަރަހައްދުން ނުލިބޭ މައްސަލައެވެ. އަދި ޕާކު ކުރާނެ ތަންތަން ނުދައްކާ ސްޓިކާ ޖަހާ މައްސަލައެވެ. 

ކަންބޮޑުވުން ފާޅުކުރި ޓެކްސީ ޑްރައިވަރެއް

"ކާރު ބާއްވާފަ ގެއަށް ވަދެފަ ނިކުންނައިރު ސްޓިކާ ޖަހާފައި. އަޅުގަނޑުމެންނަށް އެބަ ދިމާވޭ މިސްކިތް ކައިރީގައި ނަމާދަށް މި އަރަނީއޭ ކަރުދާސްގަނޑެއްގައި ލިޔެފައި ހަރުކޮށްފައި މިސްކިތަށް މި އަރަނީ، ފައިބާއިރު ސްޓިކާ ޖަހާފައި. ފަތިހު 3 4 ޖަހާއިރު ވެސް ސްޓިކާ ޖަހަނީ. އެހެންވީމަ ސްޓިކާ ޖެހުމުގެ ކަންތަކަށް ޙައްލެއް އަންނަން ޖެހޭ"

ކަންބޮޑުވުން ފާޅުކުރި ޓެކްސީ ޑްރައިވަރެއް

ޕާކިން މައްސަލައިގެ އިތުރުން ގަރާޖުގައި ވެހިކަލް ރަޖިސްޓްރީ ކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭކަމަށް ބައެއް ޓެކްސީ ޑްރައިވަރުން ފާހަގަކުރިއެވެ. އަދި އެކަންކަން ހައްލުކޮށްދެއްވުމަށް ޑރ މުއިއްޒަށް ހުށައެޅި އެވެ. 

ޓެކްސީ ޑްރައިވަރުންގެ ވާހަކަތަކަށް ފަހު، އެ މީހުންނާއި މުޚާތަބުކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ޕާކިން މައްސަލަ ޙައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުގައި ހުންނަވާ ގިނަ މަސައްކަތްޕުޅުތަކެއް މިހާރު ވެސް ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މާލެއަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް 6 ޕާކިން އިމާރާތެއް އެޅުމަށް ކައުންސިލުން ނިންމާ އެކަމާއި ގުޅިގެން ކައުންސިލުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިންމާ ސަރުކާރަށް ހުށައަޅާފައިވާނެ ކަމަށެވެ. 

އެހެން ނަމަވެސް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، އެ އިމާރާތްތައް އެޅުމުގެ ހުއްދަ ސަރުކާރުން ދީފައި ނުވާކަމަށާއި، މައްސަލަ ޙައްލުކުރުމަށް އެކުލަވާލި އެ ޕްލޭނުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ ސަރުކާރުގެ ހުއްދަ ނުލިބިގެންކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި އެ މައްސަލަ ޙައްލުކޮށްދެއްވާ ޕާކިން އިމާރާތްތަކެއް މާލޭގައި އަޅުއްވާދެއްވާނެ ކަމަށެވެ. 

ޑރ މުހައްމަދު މުއިއްޒު 

"އެގްޒެކްޓްލީ 6 ބިލްޑިންގ މާލޭގެ އެކި ސަރަހައްދުގައި އަޅަން އަޅުގަނޑުމެން މިހާރު ހުރިހާކަމެއް ނިންމާފަ މިހުރީ. 4 ފްލޯ ހިމެނޭހެން ހަދާފައި އޭގެން 1 ފްލޯ އެއްކޮށް ކަނޑައެޅީ ޓެކްސީތަކަށް. ގާތްގަނޑަކަށް 400 ވަރަކަށް ޓެކްސީ ބޭއްވޭނެ އެއް ފްލޯގައި އެކަނި. އެހާ ބޮޑު އިމާރާތެއް. އެމްއައިބީ އާއި ބައެއް ބޭންކުތަކާއި ވާހަކަދައްކައިގެން ލޯނު ވެސް ހަމަޖެއްސިން... އެކަމަކު ނުދިން ބިމެއް. ބިން ވަކިކުރީ.. ސިޓީ ކައުންސިލްގެ އިހުތިޞާސް ހިނގާބިމެއް، އެކަމަކު ސަރުކާރަށް އާދޭސް ދަންނަވައިގެން ވެސް ނުދިން ބިމެއް. ދަންނަވަން މި އުޅެނީ އަޅުގަނޑުމެން ވެރިކަމަށް ކުރިމަތިލައިގެން މި އުޅެނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި މި މައްސަލަތައް ޙައްލުކޮށްދޭން ވެގެންނޭ" 

ޑރ މުހައްމަދު މުއިއްޒު 

ޕާކިން މައްސަލައިގެ އިތުރުން ގަރާޖު ސިޓީގެ މައްސަލައަކީ ވެސް ޓެކްސީ ޑްރައިވަރުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. މިހާރު ވެހިކަލް ރަޖިސްޓްރީކުރަނީ ކޮންމެވެސް ގެއަކަށް އެމީހުން ބުނި އަގެއް ދައްކައިގެން ސިޓީއެއް ހޯދައިގެން ކަމަށާއި، އެއީ އުސޫލެއްގެ ގޮތުން އެކަން ކުރެވިގެންވާނެ ގޮތް ނޫންކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ގަރާޖެއްގައި ވެހިކަލް ރަޖިސްޓްރީ ކުރުމަށް މިހާރު އޮންނަ އުސޫލަށް ބަދަލުގެނެސް، ވެހިކަލް ބޭއްވޭނެ ޖާގަ ހޯދައިދީ އެއީ ގަރާޖެއްގެ ގޮތުގައި ހެދޭ ގޮތަށް އުސޫލު ބަދަލުކުރާނެ ކަމަށެވެ. އޭރުން ގަރާޖު ސިޓީ ހޯދަން އުފުލަންޖެހޭ ތަކުލީފު ނުއުފުލާ، ފަސޭހައިން އެކަން ކުރެވޭނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުހައްމަދު މުއިއްޒު 

"އަޅުގަނޑުމެން ޕާކިން ބިލްޑިންގު އަޅަން ނިންމާފަ މި ހުރީ އެ ބިލްޑިންގު ތަކުގެ ތެރެއިން އެ ލިބޭ ޖާގައަކީ ގާނޫނަށް ގެނެވޭ ބަދަލުގެ ތެރެއިން އަސްލު ގަރާޖު ސްޕޭސް، އެހެންވީމަ އެތަނަށް އެމީހެއްގެ ގަރާޖު ރަޖިސްޓްރީ، ދާއިމީ ރަޖިސްޓްރީ ވެސް ހެދޭގޮތަށް، އެހެންވީމަ މީސް މީހުންގެ ގެއިން ސަލާން ޖަހައިގެން ބޮޑު އަގުގައި ގަރާޖު ސިޓީ ހޯދުންވެސް ނިމުމަކަށް އައިސް އަސްލު ޖާގައެއް ލިބި މަގުމަތީގައި ބާއްވަން ނުޖެހި އެ މައްސަލައަށް ރަނގަޅު ހައްލެއް ގެނައުން"

ޑރ މުހައްމަދު މުއިއްޒު 

ޕާކު ކުރާނެތަނެއް ނުދައްކާ ސްޓިކާ ޖަހައިގެން ޖޫރިމަނާ ނުކުރާނެކަމަށް މި ސަރުކާރު އައުމުގެ ކުރިން 2018 ގެ ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެހެން ނަމަވެސް، އަހަރުން އަހަރަށް ސްޓިކާ ޖަހައިގެން ދައުލަތަށް ހޯދާ އާމްދަނީ އިތުރުވަމުން އަންނަކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާއިރު، އެކަށީގެންވާ މިންވަރަށް ޕާކު ކުރާނެ ތަންތަން ސަރުކާރަށް ހަދާދެވިފައެއް ނުވެއެވެ. 

ޑރ މުއިއްޒު ވިދާޅުވީ ސްޓިކާ ޖަހައިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި މާފުކޮށްދެއްވާނެ ކަމަށެވެ. އަދި އެ މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނެސް މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނާއި، ދުއްވާ އެއްޗެއްސަށް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ފަދަ ހިތްގައިމު މަގުތަކަކަށް ހައްދަވާދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ