ޑރ މުއިއްޒު ފުވައްމުލަކު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
26 Aug 2023 | 23:05
ފުވައްމުލަކު ސިޓީގެ އެއާޕޯޓާއި ހޮސްޕިޓަލު އަޕްގްރޭޑް ކުރާނަން: ޑރ މުއިއްޒު

ފުވައްމުލަކު ސިޓީ ތަރައްގީކުރުމަށް ކުރާނެ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކު ސިޓީގެ އެއާޕޯޓާއި ހޮސްޕިޓަލު އަޕްގްރޭޑްކުރާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ފުވައްމުލަކު ސިޓީގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ފުވައްމުލަކު ސިޓީއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ޚާއްސަ އިސްކަމެއް ދީގެން ތަރައްގީކުރަމުން އައި ރަށެއް ކަމަށެވެ.

އެގޮތުން އެ ރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށާއި، ވެރިކަން ބަދަލުވި ހިސާބުން ފުވައްމުލަކުގެ ތަރައްގީ ފަހަތަށް ސޮއްސާލާފައިވާކަން ރައްޔިތުން ފާހަގަކުރަމުންދާ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ފުވައްމުލަކު ސިޓީގެ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއެއް ހިންގަވާނެކަމަށެވެ. އަދި އެއީ ތަރުތީބުކޮށް އިންތިޒާމުކޮށްގެން ހިންގާ މަޝްރޫއަކަށް ހައްދަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"އެއާޕޯޓުގެ ތަރައްގީއަށްޓަކައި ރޭވިގެން ކުރަން ޖެހޭ ކަންކަން، ވައިގެ ބަނދަރު ބޮޑުކުރާއިރު ހައްލުކުރަން ހުރި ކަންކަން ކުރާނަން. މިހާރަށް ހުރި ފެސެލިޓީ ތަރައްގީކުރާނަން"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ އިތުރުން ފުވައްމުލަކު ސިޓީގައި ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ރަށުގެ ހޮސްޕިޓަލު ވެސް އަޕްގްރޭޑް ކުރައްވާނެ ކަމަށެވެ.

އެގޮތުން ރަށުގައި ތިބެގެން ސިއްހީ ޚިދުމަތް ލިބޭނެ ވަސީލަތްތައް އެ ހޮސްޕިޓަލުގައި ތަރައްގީކޮށްދެއްވާނެ ކަމަށާއި، އެކަމުގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުން ސިއްހީ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ދަތުރު ކުރަން ނުޖެހި ފަސޭހަކަމާއެކު އެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"ފުވައްމުލަކު ހޮސްޕިޓަލަކީ ޒަމާނީ ހޮސްޕިޓަލަކަށް ބަދަލުކޮށް، ރަށުގައި ތިބެގެން ސިއްހީ ޚިދުމަތް ލިބޭނެ ގޮތަށް ޚިދުމަތްތައް ތަރައްގީކުރާނަން"

ޑރ މުހައްމަދު މުއިއްޒު 

އެ ކަންކަމުގެ އިތުރުން ވެސް ފުވައްމުލަކު ސިޓީއަށް ކޮށްދެއްވާނެ ބައެއް ކަންކަން ވެސް ޑރ މުއިއްޒު ވަނީ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. ފުވައްމުލަކުގައި ހުރި ސަރުކާރު އޮފީސް އިމާރާތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް ވަގުފު އިމާރާތެއް އެޅުން

2. ބަނދަރު ބޮޑުކުރުން

3. ސިޓީ ލައިބްރަރީ އަދި އެކޮމޮޑޭޝަން ބްލޮކު އެޅުން

4. ސިޓީ ހޮޅާ އެޅުން

5. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުން 

ޑރ މުއިއްޒު ވިދާޅުވީ ފުވައްމުލަކަށް ޚާއްސަ ކަންކަމުގެ އިތުރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް ފުވައްމުލަކު ސިޓީގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ. އަދި ވަޒީފާގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ވެސް ދެއްވާ ކަމަށެވެ. 

ރައްޔިތުންގެ ތަރައްގީއަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ ކޯލިޝަނަށް ފުރުސަތުދެއްވުމަށް ހުރިހާ ރައްޔިތުން ވެސް ވިސްނުން އެއްގޮތް ކުރައްވާ މަސައްކަތްޕުޅު ކުރެއްވުމަށް ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.