ޑރ ޖަމީލު ފުވައްމުލަކު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
26 Aug 2023 | 23:35
ރައީސް ޔާމިނުގެ އިންތިޚާބީ ހައްޤު ނިގުޅައިގަތުމުގެ ބައިވެރިއަކަށްވީ ޝަރުއީ ދާއިރާ: ޑރ ޖަމީލު

ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ނިގުޅައިގެންފައި ކަމަށާއި، އެކަން ކުރުމުގައި އެމަނިކުފާނުގެ ބައިވެރިއަކަށް ވީ ޝަރުއީ ދާއިރާކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމިނުގެ އިސް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ ޖަމީލުގެ ވާހަކަފުޅު ފެއްޓެވީ ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެންދިޔަ ހިސާބުންނެވެ. އެކަމަށް އަލިއަޅުވާލައްވާ އެމަނިކުފާނު ވިދާޅުވީ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެން ކުރެއްވި ހަމައެކަނި ކަމަކީ ރައީސް ޔާމިނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނިގުޅައިގަތުން ކަމަށެވެ. 

އެގޮތުން ރައީސް ޔާމިނުގެ މައްޗަށް ސިޔާސީ ދައުވާތަކެއް އުފުލާ، ނުހައްގުން އެމަނިކުފާނު ހުރަގޭގައި 3 އަހަރަށްވުރެ ގިނަ ދުވަހު މި ސަރުކާރުގެ ނުފޫޒުން ބަހައްޓާފައިވާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލާ، އެމަނިކުފާނު އިންތިޚާބު ކުރުމަށް އުންމީދުކޮށްގެން ތިބި އެތައް ބައެއްގެ އުންމީދުތައް މި ސަރުކާރުން ފެނަށް ދުއްވާލާފައިވާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އެއާއެކު ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމިނުގެ އިންތިޚާބީ ހައްގު ނިގުޅައިގަތުމަށް ރައީސް ޞާލިހަށް ވާގިވެރިވީ ޝަރުއީ ދާއިރާއިން ކަމަށެވެ. 

"2018 އިން ފެށިގެން މިއަދާއި ހަމަޔަށް ރައީސް އިބޫ ކުރެއްވި ކަމަކީ ވޯޓުގެ ހައްގު، ރައީސް ޔާމިނު އިންތީޚާބު ކުރުމަށް ބޭނުންވި ބޭނުން ނިގުޅައިގަތުން. އެކަން ނިގުޅައިގަތުމުގައި ރައީސް އިބޫގެ ބައިވެރިއަކަށްވީ ރާއްޖޭގެ ޝަރުއީ ދާއިރާ"

ޑރ މުހައްމަދު ޖަމީލު އަހުމަދު 

ޑރ ޖަމީލު ވިދާޅުވީ ދިވެހިރާއްޖޭގައި ތައުލީމު ހާސިލްކޮށްގެން ތިބި މީހުން އިންތިހާއަށް އިތުރުކަން ފާހަގަކުރަމުންދިޔަ ނަމަވެސް މިއަދު މުޖުތަމައެއްގެ ގޮތުގައި ދިވެހިރާއްޖެ މި އޮތް ހާލަތާއި ދަތުރުކުރަމުންދާ މިސްރާބާއި ދޭތެރޭގައި ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

އެގޮތުން ޝަރުއީ ނިޒާމު ބޭނުންކޮށްގެން ދިވެހިރާއްޖެއަށް އެތަށް ރޮނގަކުން ތަރައްގީ ގެނެސްދެއްވި ބޭފުޅަކަށް ރޯމާ ރޯ ދުވާލު އަނިޔާކުރަމުން ދާއިރު، އެކަމާއި ދެކޮޅަށް ބަހެއް ބުނަން ނުކެރި ހަނު ތިބުމަކީ ދިވެހިރާއްޖެ ދަތުރުކުރަމުން މިދާ މިސްރާބާއި ދޭތެރޭގައި ސުވާލު އުފެދޭކަމެއްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އެއާއެކު ޑރ ޖަމީލު ވަނީ ޑރ މުއިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވިޔަސް، ރައީސް ޔާމިނު މިނިވަން ނުކުރައްވާނެކަމަށް ބުނެ ފާޑުކިޔުންތެރިން ދައްކަވަމުންދާ ވާހަކަތަކަށް ވެސް ރައްދުދެއްވާފަ އެވެ. 

ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވަނީ ނުހައްގު ދައުވާތަކެއް ކަމަށެވެ. ތަހުގީގު މަރުހަލާއިން ފެށިގެން ޝަރީއަތާއި ހަމަޔަށް، އަދި އެފަހުން ކުރި ހުކުމަކީވެސް ނުހައްގު ހުކުންތަކެއް ކަމަށާއި، ރައީސް ޔާމިނު މިނިވަންނުކުރެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި ގާނޫނީ ހަމައެއް ވެސް ނެތް ކަމަށެވެ. 

އެހެންކަމުން ޑރ މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަންނަވާއިރު، ރައީސް ޔާމީން މިނިވަންނުވެ ހުންނެވިނަމަ، އެކަން ކުރައްވާނެކަމަށާއި އެ ޔަގީންކަން އޮތްކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ރެއްކަބޭ
ރެކިފުތާގެ ފެންވަރު ހުރިހިސާބު މިހާރު އެންމެނަށްވެސް އެނގޭނެ. މީގެކުރިން މީހުންނަށް ހީވެފައިއޮތީ މީނާއަކީ ވަރަށް މޮޅު ގާބިލް މީހެއްކަމަށް. އެހެންނޫންނަމަ މިއަދު ރައީސް ޔާމީނު ހުންނަވާނީ ރިޔާސީ ކެންޑިޑޭޓަކަށް.
27 Aug 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.