ޑރ މުހައްމަދު މުއިއްޒު
ހަބަރު
27 Aug 2023 | 09:58
ރާއްޖޭގެ މައްޗަށް ބަސް ކިޔުމުގެ ހައްގު އެއްވެސް ގައުމަކަށް ނޯންނާނެ: ޑރ މުއިއްޒު

ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ މައްޗަށް ބަސް ބިޔުމާއި، ރާއްޖޭގެ މައްޗަށް އެއްވެސް ބާރެއް ފޯރުވުމުގެ އެއްވެސް ހައްގެއް އެއްވެސް ގައުމަކަށް ނޯނާނެ ކަމަށާއި، އެއިން ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެކަމުގައި  ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިއްޔެ ފުވައްމުލަކަށް ވަޑައިގަތުމުން މުއިއްޒުއާއި ކެމްޕެއިން ޓީމަށް ފުވައްމުލަކުން ކީ ހޫނު މަރުހަބާއާއެކު، ރޭ އެރަށުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އަންނަ މަހުގެ 9 ވަނަ ދުވަހުގައި ބާއްވާ ރިޔާސީ އިންތިހާބަކީ ރައްޔިތުންނަށް ގައުމުގެ ބަސް ބުނުމަށް ފުރުސަތު ލިބޭ އެންމެ ފަހު ފަހަރުކަމަށް ދެކި އިންތިހާބުގައި ދިޗެހި ކޮންމެ ރައްޔިތަކުވެސް ވޯޓުލުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ވަކި ގައުމަކަށް ދޭ ހާއްސަ ސަމާލުކަމެއް، ނޯންނާނެ ކަމަށާއި ވަކި ކޮޅަކަށް ބަރުވެފައިވާ ހާރިޖީ ސިޔާސަތު ގަބޫލު ނުކުރައްވާކަމުގައި ވިދާޅުވ މުއިއްޒުވަނީ ބޭރުގެ ކޮންމެ ގައުމަކާއި ވެސް ގުޅުން އޮންނާނީ ހަމަހަމަ އުސޫލުން ކަމަށާއި އެއީ ދިވެހި ގައުމުގެ ފުރިހަމަ މިނިވަންކަން ޔަގީންވާ ގޮތަށްކަމުގައިވެސް ވިދާޅުވެފައެވެ. 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާލަތަށް އެއްވެސް ދެވަނަ ގައުމަކަށް ބަސް ބުނުމުގެ ހައްގެއް ނޯންނާނެކަމަށާއ އަދި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންނަށް ތިބުމުގެ ފުރުސަތެއް ވެސް ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސީރިއަސް ސިފައެއްގައި ގައުމާއި މެދު ވިސްނަން ޖެހޭ ކަމަށާއި ގައުމެއްގެ ވެރިކަން ހަވާލު ކުރަން ވާނީ ގައުމު ދެކެ ލޯބިވާ ގައުމާއި މެދު ވިސްނާ ބަޔަކަށްކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ރެއްކަބޭ
ރާއްޖޭގެ މައްޗަށް ބަސްކިޔާ އޮތީ އެންމެ ގައުމެއް. އަވައްޓެރި ލަންކާއަށް ބަސްކިޔާގައުމުން މިރާއްޖެއަށްވެސް ބަސްކިޔަނީ އެއީކޮންގައުމެއްކަމާއި ކީއްވެގެންކަމާއި އެންމެރަނގަޅަށް އިނގޭނީ މިވާހަކަ ދައްކާމީހާއަށް.
27 Aug 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.